އެމްޑީޕީގެ ގައުމީ މަޖިލީހުގެ ހުސްވެފައިވާ 26 މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
އެމްޑީޕީން މިއަދު ކުރި އިއުލާނުގައި ބުނެފައިވަނީ އެޕާޓީގެ ޤައުމީ މަޖިލިސްގެ ހުސްވެފައިވާ 26 ދާއިރާގެ ރައީސުންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން އެ މަގާމުތަކަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން މިމަހުގެ 7 ވާ އާދިއްތަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން ފޯރު ހުށަހެޅުން އެދޭ ކަމަށް އެޕާޓީން ވަނީ ބުނެފަ އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައި-އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ 2 އޯގަސްޓް 2024 ވާ ހުކުރު ދުވަހު އެވެ.
މަގާމުތަކަށް ކުރިމަތިލުމުގެ ޝަރުތުތަކަކީ، 1 ޖުލައި 2024 އާ ހަމައަށް އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި އިލެކްޝަން ކޮމިޝަނުގައި ދަފްތަރުވެފައި އޮތުމާއި ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި ޕާޓީގެ އަސާސީ ޤަވާއިދާއި ހިލާފުވެފައި ނުވާ މެންބަރެއް ކަމުގައިވުމެވެ.
ކުރިމަތިލުމަށް ހުޅުވާލި ދާއިރާތައް:
- ހއ. ދިއްދޫ ދާއިރާ، ހއ. ކެލާ ދާއިރާ އަދި ހއ. ކެލާ ދާއިރާ
- ކުޅުދުއްފުށި ދެކުނު ދާއިރާ
- ހދ. މަކުނުދޫ ދާއިރާ
- ރ. އުނގޫފާރު ދާއިރާ އަދި އިނގުރައިދޫ ދާއިރާ
- ބ. ހިތާދޫ ދާއިރާ އަދި ބ. ހިތާދޫ ދާއިރާ
- ޅ. ކުރެންދޫ ދާއިރާ
- ކ. މާފުށީ ދާއިރާ އަދި ކ. ހުރާ ދާއިރާ
- އދ. މާމިގިލީ ދާއިރާ އަދި އދ. ދަނގެތި ދާއިރާ
- ގއ. ދާންދޫ ދާއިރާ އަދި ގއ. ކޮލަމާފުށި ދާއިރާ
- ގދ. ފަރެސްމާތޮޑާ ދާއިރާ
- ފޭދޫ ދެކުނު ދާއިރާ އަދި ފޭދޫ އުތުރު ދާއިރާ
- މެދު ހެންވޭރު ދާއިރާ، ހެންވޭރު އުތުރު ދާއިރާ، ގަލޮޅު އުތުރު ދާއިރާ، މައްޗަންގޮޅި އުތުރު ދާއިރާ، މާފަންނު އުތުރު ދާއިރާ، ހެންވޭރު ހުޅަނގު ދާއިރާ، ހުޅުމާލެ މެދު ދާއިރާ އަދި ހުޅުމާލެ އުތުރު ދާއިރާ
- ކުޅުދުއްފުށި، ތިނަދޫ އަދި މާލޭގެ ރައީސް