ބަނގުރާ ފުޅިތަކަކާއެކު ހުޅުމާލެ ފޭސް އެކަކުން ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ ތަރުޖަމާން އަޙްމަދު ޝިފާން ވިދާޅުވި ގޮތުގައި ބަނގުރާ ކަމަށް ޝައްކު ކުރެވޭ 150 ފުޅި އާއި ގިނަ އަދަދެއްގެ ފައިސާއާ އެކު ހުޅުމާލެއިން ދެ މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ.
ހައްޔަރުކޮށްފައިވަނީ ބަނގުލަދޭޝް ދެ ފިރިހެނުން ކަމަށް ފުލުހުން ބުނެ އެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.
މިދިޔަ މޭ މަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކޮށްފައިވާގޮތުން މިއަހަރުގެ އެހާތަނަށް 56 އޮޕަރޭޝަނަކުން 19 ކިލޯގެ މަސްތުވާތަކެތި ވަނީ އަތުލައިގެންފަ އެވެ.
ނަޝީދު ކާމިޔާބުކުރެއްވީ 69 ޕަސެންޓުގެ ބޮޑު ތަފާތަކުން
ވައިޓް ހައުސްއަށް އެރިއާނާގެ ވަރުގަދަ އިންޒާރެއް!
ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކުރަނީ