މި އަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށްފަހު އެނބުރި އައި މީހުންނަށް ހާއްސަ ފްލޫ ކުލިނިކެއް ދައްކާ މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށް އައިޖީއެމްއެޗުން މިރޭ ހާމަކޮށްފި އެވެ.
އައިޖީއެމްއެޗުން ބުނީ ހައްޖު ކްލިނިކަށް ހާޒިރުވާ މީހުންގެ ތެރެއިން ރޯގާގެ އަލާމާތްތައް ހުންނަ މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށެވެ. އެހެންވެ، ބަލި މީހުންނާއި މުވައްޒަފުންނާއި މުޖުތަމައުގެ ރައްކާތެރިކަން އިތުރު ކުރުމުގެ ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފަ އެވެ.
އެގޮތުން ކޮންމެހެން ބޭނުންވާ ހާލަތްތަކުގައި ނޫނީ އައިޖީއެމްއެޗަށް ޒިޔާރަތް ނުކުރުމާއި އައިޖީއެމްއެޗަށް ޒިޔާރަތް ކުރާ ނަމަ، މާސްކް އަޅަން އައިޖީއެމްއެޗުން ވަނީ އަންގައިފަ އެވެ.
ހާއްސަކޮށް ރޯގާގެ އެއްވެސް އަލާމާތެއް ހުރި ނަމަ، އެކަމަށް ސަމާލުވެގެން މާސްކް އަޅައިގެން އައުމަށް އެދިފައިވެ އެވެ. އަދި ހޮސްޕިޓަލްގައި އެއްވެ އުޅުމުން ދުރުހެލިވުމަށް ވެސް އައިޖީއެމްއެޗުން ވަނީ އަންގައިފަ އެވެ.
މި އަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށްފަހު އެނބުރި އައި މީހުންނަށް ހާއްސަ ފްލޫ ކުލިނިކެއް ދާދި ފަހުން އައިޖީއެމްއެޗްގައި ހުޅުވާފައިވާ އިރު، މި ކްލިނިކް ހުންނާނީ އެ ހޮސްޕިޓަލުގެ ކޮންސަލްޓޭޝަން ރޫމް ނަންބަރު 10 ގަ އެވެ. މި ކްލިނިކުން ހިދުމަތް ދޭނީ ކޮންމެ ހެނދުނު ދުވަހެއްގެ 8:00 އިން ފެށިގެން ރޭގަނޑު 8:00 އަށެވެ.
މޮޑެލް ހެދުމަކީ ޝާފިއުގެ ކާމިޔާބު ހޮބީ!
ތުރުކީއާއެކު ހެދި އެފްޓީއޭ އަށް އަމަލުކުރަން ފަށައިފި
އެމެރިކާގެ މިސައިލް ދިފާއީ ނިޒާމަށް ބުރޫ އެރުމުގެ ބިރު ބޮޑުވެއްޖެ