ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް، "އަސޭރިއާ ހޯމްސް އެންޑް ޓައުންހައުސަސް" މަޝްރޫއުގެ ބިންގާ އަޅުއްވައި ދެއްވައިފި އެވެ.
ހުޅުމާލޭ ފޭސްދޭއްގައި 19،000 އަކަމީޓަރަށްވުރެ ބޮޑު ސަރަހަދެއްގައި ހިންގާ މި މަޝްރޫއުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހަވާލުކޮށްފައި ވަނީ ބެޗް ކޮންސްޓްރަކްޝަންސް ޕްރައިވެޓް ލިމިޓެޑާ އެވެ.
މި މިމަޝްރޫޢުގެ ދަށުން ހުޅުމާލޭ ފޭސް 2ގެ އިރުއުތުރު ކަންމަތީގައި ތަރައްގީ ކުރާ މި ސަރަހައްދުގައި މަތީ ފަންތީގެ ތިން ބާވަތެއްގެ ގެދޮރު ތަރައްގީ ކުރާނެ އެވެ. އޭގެ ތެރޭގައި ބީޗް ވިލާގެ ގޮތުގައި 37 ޔުނިޓް ގާޑަން ވިލާގެ ގޮތުގައި 14 ޔުނިޓް އަދި އާބަން ވިލާގެ ގޮތުގައި 22 ޔުނިޓް ތަރައްގީ ކުރާނެ އެވެ.
މަތީފަންތީގެ ހިދުމަތްތަކާއެކު ގެދޮރު ތަރައްގީ ކުރުމުގެ މި މަޝްރޫއުގެ މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވަނީ ތިން އަހަރުގެ ތެރޭގަ އެވެ.
އާފުރުމަކީ ސިކުނޑިއަށް ބަދަލުތަކެއް ގެނުވާ ކަމެއް: ދިރާސާ
ނޫސްވެރިކަމުގެ މިނިވަންކަމަށް އެމްޖޭއޭގެ ނުވަ ޑިމާންޑެއް!
މީކާއީލް ފައްޔާޒަށް: ޕާޓީ ހިންގައެއް ނުލެވުނު، ބޭނުމީ ބަދަލެއް
އެއީ އަދުރޭ ކަހަލަ މީހުނައްތަ