"ފްރެންޑްސް" ޓީވީ ސީރީޒްއަކީ 90ގެ އަހަރުތަކާއި 2000ގެ ކުރީކޮޅު މުޅި ދުނިޔޭގައި ވެސް އެންމެ މަގުބޫލުވި އެއް ސިޓްކޮމް އެވެ. އެ ސީރީޒްއިން ފެނިގެންދިޔަ ކޮންމެ ތަރިއަކީ ވެސް ބެލުންތެރިންގެ ލޯބި ހޯދި ތަރި އެކެވެ.
އެގޮތުން އެ ޝޯގައި ފީބީ ބުފޭގެ ރޯލުން ފެނިގެންދިޔަ އެކްޓަރު ކަމަށްވާ ލިސާ ކުޑްރޯއަކީ "ފްރެންޑްސް" އަށްފަހު ވެސް މަޝްހޫރު އެކްޓަރެކެވެ.
އާއްމުންގެ ތެރޭގައި ލިސާ ބޮޑަށް މަގުބޫލު ވެފައިވަނީ "ފްރެންޑްސް"ގެ ސަބަބުން ނަމަވެސް އެ ޝޯގެ އެޕިސޯޑުތައް ނުބަލާ ކަމަށް ލިސާ ކުރިން ބުނެފައިވެ އެވެ.
ސަބަބެއްގެ ގޮތުގައި ލިސާ ބުނެފައިވަނީ އެޕިސޯޑުތައް ބަލައިފިނަމަ އޭގައި އޭނާއަށް ކުރެވިފައިވާ މަސައްކަތާމެދު ހިތްހަމަ ނުޖެހިދާނެތީ އެވެ.
އެގޮތުގައި އަހަރުތަކެއް ހޭދަކުރުމަށްފަހު ލިސާ ވަނީ ދާދި ފަހުން ފްރެންޑްސް ބަލަން ފަށާފައި ކަމަށް އޭނާ ބުނެ އެވެ. އެއޭ އެ ޝޯގައި އޭނާއާއެކު މަސައްކަތްކުރި މެތިއު ޕެރީ (ޗޭންޑްލާ)ގެ ހަނދާނުގައި ކަމަށް ލިސާ ފާހަގަ ކުރެ އެވެ.
މެތިއު ވަނީ ޑްރަގް އޯވާޑޯޒްއެއްގެ ސަބަބުން މިދިޔަ އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހު މަރުވެފަ އެވެ. އޭނާގެ މަރުގެ ތަހުގީގު އަދިވެސް ކުރިއަށްދާއިރު އެކަމުގައި އިހުމާލުވި ގިނަ ބަޔަކަށް ދައުވާ އުފުލާނެ ކަމަށް ބެލެވެ އެވެ.
ބޯނަސްގެ ގޮތުގައި ޓޭލާގެ ޓީމަށް 197 މިލިއަން ޑޮލަރު!
މޭކަޕް ކުރާއިރު ސަމާލުވާންޖެހޭ ދެތިން ކަމެއް!
ސިޑްނީގެ ބޮންޑައި ބީޗުގައި ބަޑިޖެހި ހާދިސާގައި 15 މީހުން މަރުވި