ބޮލީވުޑްގެ އެކްޓްރެސް ޝްރައްދާ ކަޕޫރާއި ލިޔުންތެރިޔާ ރާހުލް މޯދީ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް މީޑިއާގައި އަޑު ފެތުރޭތާ ދުވަސްތަކެއްވެއްޖެ އެވެ.
އެންމެ ފަހުން ޝްރައްދާ މިވަނީ އެ ވާހަކަތަކަށް ނިމުމެއް ގެނެސްދީ އިންސްޓަގްރާމް ޕޯސްޓެއް މެދުވެރިކޮށް އެކަން ޔަގީން ކޮށްދީފަ އެވެ،
މީގެ ދެ ދުވަހެއް ކުރިން އޭނާ ހިއްސާކުރި ޕޯސްޓެއްގައި ރާހުލްއާއެކު ނަގާފައިވާ ފޮޓޯއެއް ހިއްސާކޮށްފައިވާއިރު ހިތް އަތުލިޔަސް ނިންޖާ އަރާމާ އަނބުރާ ދިނުމަށް ބުނެފައިވެ އެވެ.
ޝްރައްދާގެ މި ޕޯސްޓާއެކު އޭނާ އުޅެނީ ރާހުލްއާ ލޯބީގެ ގޮތުން ގުޅިގެންކަން މިހާރު ވަނީ ޔަގީންވެފަ އެވެ. އެހެން ނަމަވެސް ރާހުލްގެ ސީދާ ބަހެއް އަދި މިކަމުގައި ލިބިފައެއް ނުވެ އެވެ.
ޝްރައްދާއާއި ރާހުލް އެންމެ ފުރަތަމަ ބައްދަލުވީ ފިލްމު "މޭ ޖޫތީ ތޫ މައްކާރު"ގެ ސެޓުންނެވެ. އޭރުއްސުރެ އެ ދެމީހުން އުޅުނީ ރައްޓެހިވެގެން ކަމަށް ބުނެވެ އެވެ.
ސެމްސަންގްއާ ދެކޮޅަށް ޑުއަލިޕާ ދައުވާއެއް ކޮށްފި
ވޯލްޑް ކަޕް 2026: ހުޅުވުމުގެ ރަސްމިއްޔާތުގައި ނޯރާގެ ފެނިލުމެއް!