ހައްޖުގެ އަޅުކަން އަދާކުރުމަށް މި އަހަރު މައްކާއަށް ދިޔަ ދިވެހި ހުރިހާ ހައްޖުވެރިން ތިބީ މިނާގައި ކަމަށާއި އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް ރާއްޖޭގެ ހައްޖު މިޝަނުން މިއަދު ބުނެފި އެވެ.
ރޭ ދަންވަރު ދަތުރު ފެށި ގޮތަށް ދިވެހި ހައްޖުވެރިންނަށް މިނާއަށް ދެވުނީ ހެނދުނު 8:40 ހާއިރު އެވެ. މިފަހަރު ރާއްޖެއިން ދިޔަ ހައްޖުވެރިންގެ އަދަދު 1،100 އަށްވުރެ ގިނަ އެވެ. އެހެން އަހަރުތަކާ ހިލާފަށް މިއަހަރު މިނާގައި ދިވެހި ކެއުން ވެސް ލިބެ އެވެ.
ދިވެހި ހައްޖުވެރިން މަޝާއިރުތަކަށް ތައްޔާރުކުުރުމުގެ ގޮތުން މިފަހަރުގެ ހައްޖުގައި ބައިވެރިވެވަޑައިގަންނަވާ ދީނީ އިލްމުވެރިންގެ ޓީމުން އަންނަނީ ދީނީ ހޭލުން ތެރިކަން އިތުރުކުރުމަށް ހައްޖާ ގުޅޭ މައުލޫމާތުތައް ހިއްސާކުރައްވަމުންނެވެ.
މިއަހަރުގެ ހައްޖު ދުވަހަކީ މާދމާ އެވެ. އަރަފާތު ބިމާއި މުޒްދަލިފާގައި މަޑުކުރުމަށްފަހު އަނެއްކާ ވެސް އެނބުރި ހައްޖުވެރިން މިނާއަށް ދާނެ އެވެ.
ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދިޔަ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެތެރެހަށީގެ ހާއްސަ ޑޮކްޓަރަކާއެކު ފަސް ޑޮކްޓަރުންނާއި ހަ ނަރުހުން ހަރަކާތްތެރިވެ އެވެ.
"ބާބީ" ސީކުއަލްގެ މަސައްކަތް ހުއްޓުމަކަށް އައިސްފި
ހުޅުމާލެ ލަކުޑި ޖެޓީ މަރާމާތުކުރަން ފަށައިފި
އެމެރިކާގެ މިސައިލް ދިފާއީ ނިޒާމަށް ބުރޫ އެރުމުގެ ބިރު ބޮޑުވެއްޖެ
