ވަގު ވެހިކަލް ވިއްކާ ނެޓްވޯކެއް ފުލުހުން ހޯދައިފި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނިގޮތުގައި އެ ނެޓްވޯކް ފަޅާއެރީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަަރަށް ހާއްސަކޮށްފައިވާ ވޭނެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ބާއްވާފައި އޮއްވާ ވަގަށް ނެގި މައްސަލައިގެ ތަހުގީގުން ކަމަށެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ދާވޫދު ވިދާޅުވީ އެމްއޭސީއެލްގެ ވޭނެއް ވަގަށް ނެގި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ދެ މީހަކު ކަމަށެވެ. އެއީ މ. މޮޑަން ކޮމެޓް، އަހުމަދު ނިޒާމް، 43، އާއި މ. ސީނިއަސުރުމާގެ، މުހައްމަދު ހައިޝަމް، 42، އެވެ. އެ ދެ މީހުންގެ ތެރެއިން ހައިޝަމަކީ އެމްއޭސީއެލްގެ މުވައްޒަފެކެވެ.
މީގެކުރިން ވެސް ވަރަށް ގިނަ ވެހިކަލްތައް ވަގަށް ނަގައި އެ މީހުން ވިއްކަމުން ގޮސްފައިވާކަން ފާހަގަވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ދާއޫދު ވިދާޅުވީ އެމްއޭސީއެލްގެ އެމްޑީއަށް ހާއްސަ ވެހިކަލް އެއާޕޯޓު ޕާކިންއިން ނެގުމަށް ފަހު ދުއްވާފައި ހުޅުމާލެ ގެންގޮސް ނަންބަރު ޕްލޭޓު ބަދަލުކޮށް އަނބުރާ މާލެ ގެނައި ކަމަށެވެ. އެ ވެހިކަލް އެތަނުން ނެގީ ހައިޝަމް ކަމަށް ތަހުގީގުން ފާހަގަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްއޭސީއެލްގެ އެމްޑީއަށް ހާއްސަ ވެހިކަލް ވަގަށް ނެގުމަށްފަހު އެ ކާރުގެ ނަމްބަރު ޕްލޭޓް ބަދަލުކޮށް ހަމަ އެރޭ ދަންވަރު ކާރު ހުޅުމާލެއިން ދުއްވާފައި މާލެ ގެންދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ކާރު ވައްދާފައި ވަނީ ހ. އީރަމްގޭގައި ހުރި އަހުމަދު ނިޒާމް ހިންގާ ގަރާޖަށް ކަމަށް ވެސް ދާއޫދު ވިދާޅުވި އެވެ.
ފުލުހުން ވަނީ ނާޒިމްގެ ހާޒިރުގައި އެ ގަރާޖު ބަލައި ފާސްކޮށްފަ އެވެ. އެގޮތުން އެތަނުން ވަނީ އިމިގްރޭޝަންގެ އެމްޑީއަށް ހާއްސަ ވެހިކަލާއި އިމިގްރޭޝަނުން ގެއްލިގެން ހޯދަމުންދިޔަ ހަތަރު ފުރޮޅުލީ ވެހިކަލެއް ފެނިފައި ކަމަށް އޭނާ ވިދާޅުވި އެވެ.
ނިޒާމްގެ ގަރާޖާ ގުޅޭގޮތުން ހިންގި ތަހުގީގުން އެނގުނު ގޮތުގައި 100 ވެހިކަލް ރަޖިސްޓްރީކޮށްފައިވެ އެވެ. އޭގެތެރެއިން 84 ވެހިކަލަކީ ހަތަރު ފުރޮޅުލީ ވެހިކަލެވެ. އަދި 42 ވެހިކަލް ރަޖިސްޓްރީކޮށްދީފައި ވަނީ ނިޒާމްގެ އަންހެނުންގެ ނަމުގަ އެވެ.
ދާއޫދު ވިދާޅުވީ އޭގެ ތެރެއިން ބައެއް ވެހިކަލްތައް ރަޖިސްޓްރީ ކުރީ މިދިޔަ އަހަރު ކަމަށެވެ. އަދި ނަމަވެސް ރަޖިސްޓްރީކޮށްދީފައި ވަނީ މި އަހަރާއި 2025 ވަނަ އަހަރުގެ ތާރީހުތައް ޖަހައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެކަމުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ މުވައްޒަފުންގެ ބައިވެރިވުން އޮތްތޯ ބަލަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިކަހަލަ ކޮންމެ ވައްކަމެއް ވެސް ކުރަނީ ސަރުކާރާ ގުޅިގެން