ފަލަސްތީނުގެ ކުށެއް ނެތް ރައްޔިތުން އެއްވެސް ހައްގަކާނުލައި މަރަމުން އަންނަ ޔަހޫދީ އިޒްރޭލުގެ އެންމެން ރާއްޖެ އެތެރެވުން ހުއްޓުވުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހާމަކޮށްފި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޓާނީ ޖެނެރަލް އަހްމަދު އުޝާމް ވިދާޅުވީ އިޒްރޭލުގެ ޕާސްޕޯޓް މަނާކުރަން އެމްޑީޕީން މަޖިލީހަށް ހުށަހެޅި ބިލްގެ ސަބަބުން ރާއްޖެއަށް އުނދަގޫތަކެއް ކުރިމަތިވެދާނެ ކަމަށެވެ. އެހެންކަމުން އިޒްރޭލުގެ ބައެއް މީހުންނަށް ރާއްޖެ އެތެރެވެވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްޑީޕީގެ ފަރާތުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހްމަދު ނަސީމް އިމިގްރޭޝަންގެ ގާނޫނަށް ހުށަހެޅި އިސްލާހު މިހާރު ވަނީ ދިރާސާ ކުރުމަށްޓަކައި ގައުމީ ސަލާމަތާ ބެހޭ ކޮމިޓީއަށް ހުށަހަޅާފަ އެވެ.
މީކާއީލް ހުށަހެޅުއްވީ އިޒްރޭލުގެ ޕާސްޕޯޓްގައި ރާއްޖެ އެތެރެވުން މަނާކުރުމަށް އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެނައުމަށެވެ. ނަމަވެސް އުޝާމް ވިދާޅުވީ އެކަމުގެ ސަބަބުން މަގުސަދު ހާސިލުނުވާނެ ކަމަށެވެ.
"ބައެއް ބޭފުޅުންގެ ހަމަ ވަރަށް ބޮޑު ކަންބޮޑުވުމެއް އެއީ މިހާރު ބިލު ހުށަހެޅިފައި އޮތް ގޮތުން، އިޒްރޭލުގެ ޕާސްޕޯޓް ހޯލްޑްކުރާ ފަލަސްތީނުގެ ވަރަށް ބައިވަރު ރައްޔިތުން ވެސް އެބަތިބި، މިލިޔަނުން ގުނައިލެވޭ، އެހެންވީމާ ބްލެންކެޓް ބޭންއެއް އަޅުގަނޑުމެން އެހެން ކޮށްފިކަމުގައި ވަނީ ނަމަ ކިހިނެތްތޯ ވާނީ، މިއީ ކުޑަކޮށް ވިސްނައިލަން ޖެހޭ ކަހަލަ ކަންކަން،" އުޝާމް ވިދާޅުވި އެވެ.
ދުވާލަކު 20 މިނެޓުގެ ކަސްރަތުން އެތައް ފައިދާތަކެއް!
ހައިޓީ ބަލިކޮށް ސްކޮޓްލޭންޑަށް ރަނގަޅު ފެށުމެއް
ސަލްމާންގެ އާ "ލުކް"އާއެކު "ތޭރޭ ނާމް"ގެ ހަނދާންތައް އާކޮށްދީފި
