ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން އަދި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދުގެ ދޮން ބައްޕަ އަލީ އިބްރާހީމް އަވަހާރަވެއްޖެ އެވެ.
ސާޖިދާގެ ބައްޕަގެ މަގާމުގައި ވެސް ހުންނެވި ދ. މީދޫ ގުލްޝަންކިނާރާ، އަލީ އިބްރާހިމް އަވަހާރަވީ ރޭގެ ފަތިހުގެ ވަގުތެއްގަ އެވެ. އަވަހާރަވިއިރު، އުމުރުފުޅަކީ 78 އަހަރެވެ.
އަލީ އިބްރާހިމްގެ ޖަނާޒާ އޮތީ މިއަދު މެންދުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒު ގައެވެ. މޫނު ދެއްކުން ވެސް ކުރިއަށް ގެންދާނީ އިސްލާމީ މަރުކަޒުގަ އެވެ.
ރައީސް މުއިއްޒު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ޖަނާޒާގައި ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވުމަށް އެދިވަޑައިގެންފަ އެވެ.
މެޑަމް ސާޖިދާގެ ދޮންބައްޕާފުޅު އަވަހާރަވުމުން ސަރުކާރުގެ މައި ޕާޓީ، ޕީޕީއެމް/ޕީއެންސީން ވަނީ ތައުޒިޔާ ކިޔައިފަ އެވެ.

ނަތަންޔާހޫ ދިރިހުރިނަމަ އޭނާ ހޯދާ މަރާލާނަން: އީރާން
ރަމަޟާން މަހުގެ 27 ވިލޭރޭ ހަރަމްފުޅު ފުރި ބާރުވެއްޖެ
ޓްރަމްޕްގެ އަމިއްލަ ފޯނު ނަމްބަރު ބަހާތީ އުނދަގުލަކަށް ވެއްޖެ