ލ. ކައްދޫގައި ކުރިއަށް ދިޔަ އެމްއެންޑީއެފްގެ މޫދު ޓްރެއިނިން އެއްގައި އުޅެނިކޮށް މިޔަރެއް ހަމަލާ ދިނުމުން އަނިޔާވި ސިފައިންގެ މީހާ ނިޔާވެއްޖެ އެވެ.
ސިފައިންގެ ޓްރޭނިންގައި އުޅެނިކޮށް މިޔަރު ހަމަލާދިނުމުން ނިޔާވީ ރ. އުނގޫފާރަށް ނިސްބަތްވާ މުހައްމަދު ޒައިދާނެވެ. އޭނާ ނިޔާވީ ލ. ގަމު ރީޖިނަލް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެނުން ދަނިކޮށެވެ.
މަންޒަރު ދުށް މީހުން ކިޔައިދިންގޮތުގައި ޒިދާންގެ އެއްފައިގެ ފަލަމަސްގަނޑުގެ ބޮޑުބައި އޮތީ ކާލައިފަ އެވެ.
ޒައިދާން ތަމްރީނު ފުރިހަމަކުރަމުން ދިޔައީ ލ. މާވަށް ކައިރީ މޫދުގަ އެވެ. އެއީ ލ. ކައްދޫގައި މިވަގުތު ކުރިއަށްދާ ސިފައިންގެ ތަމްރީނުގެ ތެރެއިން ގެންދިޔަ ތަމްރީނުގެ ބައެކެވެ.
އެމްއެންޑީއެފް އިން ބުނީ ޒައިދާން ނިޔާވީ މިރޭ 20:40 ހާއިރު ކަމަށެވެ.
ޖަލުން ސަންޖޭއަށް ލިބުނު އެންމެ ބޮޑު ފިލާވަޅަކީ މިއީ!
ބާލީސްތައް އެންމެ ފަހުން ބަދަލުކުރީ ކޮން އިރަކު؟
ރޮނާލްޑޯ އާއި ޖޯޖީނާ އަންނަ ހަފްތާގައި ކައިވެނި ކުރަނީ
