އދ. ދަނގެތި ކައިރީގައި ފާނަ މަސްވެރިކަމަށް މޫދަށް އެރި އުޅުނު ބިދޭސީއެއްގެ ގައިގަ ލޯންޗަކުން ޖެހި އެ މީހާ މަރުވި މައްސަލާގައި ހައްޔަރުކުރި ލޯންޗް ކެޕްޓަންގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.
ފުލުހުން ބުނީ އެމީހާގެ ބަންދަށް 15 ދުވަސް ޖަހާފައި ވަނީ އެމީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުން ކަމަށެވެ. އެމައްސަލާގައި ހައްޔަރުކޮށްފައި ވަނީ އދ. މާމިގިލީ ފިރިހެނެކެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ފ. ފީއަލީ ދޯންޏަކުން ފާނަ ނަގަން ފޭބި އެ މީހާ މަރުވީ، މޫދުގައި އޮއްވާ، އޭނާގެ ގައިމަތިން ލޯންޗު ދުއްވާފައި ދިއުމުންނެވެ. މަރުވެފައި ވަނީ ބަންގްލަދޭޝް މީހެކެވެ.
ފުލުހުން ބުނީ ދަނގެތި ކައިރިއަށް ފާނަ މަސްވެރިކަމަށް ފައިބާ އުޅުނު މީހެއްގެ ގައިގައި ލޯންޗަކުން ޖެހިފައިވާކަމުގެ މައުލޫމާތު ލިބިފައިވަނީ ހެނދުނު 7:55 ހާއިރު ކަމަށެވެ.
މި މައްސަލަ އިތުރަށް ތަހުގީގްކުރަމުން އަންނަކަމަށް ފުލުހުން ބުނެ އެވެ.

ސައިބަ އެޓޭކްތައް އިތުރުވަނީ: އެމެރިކާއަށް ބޮޑު ގޮންޖެހުމެއް!
ހޯރަފުށީގައި ބުޅަލަކަށް އަނިޔާކޮށް މަރާލި މައްސަލައެއް ބަލަނީ
އިންތިހާބާ ދިމާކޮށް ކުށްވެރިން ދޫކޮށްލާނެ ކަަމަށް ބުނެ އޮޅުވާލަނީ

ފާނަ ނަގަން އޮތް މީހެއްގެ ގައިގަ ލޯންޗަކުން ޖެހި މަރުވެއްޖެ