ރާއްޖޭގެ ރަސްމީ ރިޒާވް މިދިޔަ އޭޕްރީލު މަހު އިތުރުވެއްޖެ އެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން އޭޕްރީލް މަސް ނިމުނު އިރު ރަސްމީ ރިޒާވްގައި ހުރީ 622.1 މިލިއަން ޑޮލަރެވެ. މިއީ މި އަހަރުގެ މާޗް މަސް ނިމުނު އިރު ރަސްމީ ރިޒާވްގައި ހުރި 541.8 މިލިއަން ޑޮލަރާ އަޅާބަލާއިރު 80.3 މިލިއަން ޑޮލަރު އިތުރުވުމެކެވެ.
މަރުކަޒީ ބޭންކުން ބުނި ގޮތުގައި ކުރު މުއްދަތުގެ ދަރަނި އުނިކުރުމުން އޭޕްރީލް މަސް ނިމުނު އިރު ޔޫޒަބަލް ރިޒާވްގައި ހުރީ 113.6 މިލިއަން ޑޮލަރެވެ. އެ އަދަދު މި އަހަރުގެ މާޗް މަސް ނިމުނުއިރު ހުރީ 113.7 މިލިއަން ޑޮލަރުގަ އެވެ.
ޖަލުން ސަންޖޭއަށް ލިބުނު އެންމެ ބޮޑު ފިލާވަޅަކީ މިއީ!
އެމްއެސްއެސްގެ ބޯޓަކުން 17 ކޮންޓެއިނަރު ލަންކާ ކަނޑަށް ވެއްޓިއްޖެ
"ދަތިވެއްޖެ" ނަމުގައި މުޒާހަރާއެއް ބާއްވަން އެމްޑީޕީން ނިންމައިފި