އިންޑިއާގެ ރިއަލިޓީ ޝޯ "ބިގް ބޮސް"ގެ 17 ވަނަ ސީޒަން ކާމިޔާބުކުރި ސްޓޭޑް-އަޕް ކޮމީޑިއަން މުނައްވަރު ފާރުގީ ސްޓޭޑް-އަޕް ކޮމީޑިއަން މުނައްވަރު ފާރުގީ އިތުރު ކައިވެންޏެ ކޮށްފި އެވެ.
ސްޓޭޑް-އަޕް ކޮމިޑިއަނެއް ގޮތުގައި މަޝްހޫރުކަން ހޯދި މުނައްވަރު ކައިވެނިކޮށްފައިވަނީ މޭކަޕް އާޓިސްޓް މެހްޒާބީން ކޯއަތުވާލާއާ އެވެ.
އެމީހުން ވަނީ ކައިވެނީގެ ކޭކު ފަޅާ ފޮޓޯއެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ. މުނައްވަރު ދެ ވަނަ ކައިވެނި ކުރީ ވަރަށް ސިއްރުންނެވެ. ކައިވެނި ހަފްލާއަށް ދައުވަތު ދީފައިވަނީ ހަމައެކަނި އާއިލާ މީހުންނަށާއި ވަރަށް ގާތް އެކުވެރިންނަށެވެ.
މުނައްވަރުގެ ފުރަތަމަ ކައިވެނި ކޮށްފައިވަނީ 2017 ވަނަ އަހަރު އެވެ. އެއީ ޖޭސްމީން ނަމަކަން ކިޔާ މީހަކާ އެވެ. 2022 ވަނަ އަހަރު ކައިވެނި ރޫޅުނުއިރު މުނައްވަރާއި ޖޭސްމީނަށް ފިރިހެން ކުއްޖެއް ވަނީ ލިބިފަ އެވެ.
މުނައްވަރު، 33، "ބިގް ބޮސް" ކާމިޔާބު ކުރި އިރު، އޭނާ ވަނީ 2022 ވަނަ އަހަރު ގެނެސްދިން ކަންގަނާ ރަނާވަތުގެ ހަމަ މި ކަހަލަ ރިއަލިޓީ ޝޯއެއް ކަމަށްވާ "ލޮކް އަޕް"ގެ ފުރަތަމަ ސީޒަން ކާމިޔާބުކޮށްފަ އެވެ.