މާލޭގޭ ގެއަކުން މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.
ފުލުހުން ބުނީ މާފަންނުގެ ގެއެއްގެ ގްރައުންޑް ފްލޯގައި ފިރިހެނަކު މަރުވެފައި އޮތްކަމުގެ ރިޕޯޓް ލިބުނީ މިއަދު މެންދުރުފަހު 2:30 ކަންހާއިރު ކަމަށެވެ.
މަރުވެފައި އޮއްވާ ފެނުނީ ފިރިހެނެއް ކަމަށް ވެސް ފުލުހުން ބުންޏެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައި އޮތް މީހާ ފެނުނީ ކެނެރީގެ މަގުގައި ހުންނަ ގެއަކުންނެވެ. އެއީ މީހުން ދިރިނޫޅޭ ގެއެއް ކަމަށް މައުލޫމާތު ލިބެ އެވެ.
މާފަންނު ގެއަކުން މަރުވެފައި އޮތް މީހަކު ފެނުނު އިރު މިދިޔަ ހަފްތާގެ ހޯމަ ދުވަހު މާލޭ ބަނޑޭރިކޮށީގެ ގެއަކުން 30 އަހަރުގެ ދިވެހި ފިރިހެނަކު މަރުވެފައި އޮއްވާ ވެސް ވަނީ ފެނިފަ އެވެ.
މީގެ އިތުރުން ހުޅުމާލޭގައި ޕާކުކޮށްފައި އޮތް ވެހިކަލެއްގެ ތެރޭ ބިދޭސީއަކު މަރުވެފައި އޮއްވާ ވެސް މިދިޔަ ހަފްތާ ވަނީ ފެނިފަ އެވެ.
ބީއެމްއެލްގެ މުވައްޒަފުން ކުރިއަރުވަން އެއްބަސްވުމެއް
ފުރާޅެއް ސާފުކުރަން އުޅުނު ދެބެއިން ކަރަންޓްގައި ޖެހި ފަރުވާދެނީ
އީރާނުން ވިޔަފާރީގެ މުޅިން އެހެން އުކުޅުތަކެއް، ޓްރަމްޕް ވާނުވާގަ
