ފުލުހުންތަކަކަށް ވަޅިން ބިރުދެއްކި ތިން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ކުލަ ހެދުމުގައި ތިބި ދެ ފުލުހަކަށް ބިދުދައްކާފައި ވަނީ ރޭ 10:00 ހާއިރު ކަމަށެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 35 އަހަރުގެ މީހަކާއި 39 އަހަރުގެ ދެ މީހުންނެވެ. ތިން މީހުންނަކީ ވެސް ދިވެހި ތިން ފިރިހެނުން ކަމަށް ފުލުހުން ބުނެ އެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ.
މި މައްސަލައިގައި މީހުން ހައްޔަރުކުރުމުގައި ބާރުގެ ބޭނުން ނަހަމަގޮތުގައި ބޭނުންކޮށްފައިވާ ކަމަށް ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ. މީހުން ހައްޔަރުކުރުމުގައި ފުލުހުން އަމަލުކުރި ގޮތާމެދު ޝަކުވާތައް ލިބިފައިވާ ކަމަށާއި އެކަން ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑަރޑްސް ކޮމާންޑުން ބަލަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މެޗުގައި އީރާނަށް ޕޮއިންޓެއް، ބެލްޖިއަމް އާއި މިސްރު އެއްވަރު
ވޯލްޑް ކަޕް: އޮޅުމަކުން 8000 ޑޮލަރުގެ ޕާކިން ފާހެއް ގަނެފި
"ގަދަރް"އަށް 25 އަހަރު: އަދިވެސް އެންމެ ކާމިޔާބު އެއް ފިލްމު!
