ބަނޑޭރި ކޮށީގައި ހުންނަ މީހުން ނޫޅޭ އެޕާޓްމަންޓެއްގައި މީހަކު މަރުވެ، ކުނިވެފައި އޮތްވައި ފެނިއްޖެ އެވެ.
ފުލުހުން ބުނީ އެތަނުން ފެނުނީ ފިރިހެނެއް ކަމަށާއި އެތަނުގައި މީހުން ނޫޅޭ ކަމަށެވެ.
މިއީ ކޮން ގައުމެއްގެ މީހެއްކަމެއް އަދި ސާފެއް ނުވެ އެވެ.
އެ މީހާގެ ހަށިގަނޑުގެ އިތުރު ތަހުލީލުތަކެއް ހެދުމަށް މިހާރު ވަނީ ގަލޮޅު މޯޗަރީއަށް ގެންގޮސްފަ އެވެ.
އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާއިރު، ހާދިސާއާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.

އެންމެ ގިނައިން ކަދުރު އުފައްދާ ގައުމަކީ ކޮބާ؟
އިންތިހާބާ ދިމާކޮށް އާރުޑީސީއަށް ގިނަ މުވައްޒަފުން ނަގަނީ
ހާރުދަމުގެ ކެއުމުގައި މި ބާވަތްތައް ހިމަނަންތަ؟