ސްރީލަންކާގެ މަޝްހޫރު އަޔުވްރެދިކް ބްރޭންޑް ސްޕާ ސިލޯންގެ ފިހާރައެއް މާލޭގެ ރަސްމީކޮށް ހުޅުވުމަށް އެ ކުންފުނިން ތައްޔާރުވެއްޖެ އެވެ.
ސްޕާ ސިލޯން މޯލްޑިވްސް އިން ބުނެފައިވާ ގޮތުގައި އަންނަ ހޮނިހިރު ދުވަހު މި ފިހާރަ ރަސްމީކޮށް ހުޅުވާނެ އެވެ.
ފިހާރަ ހުޅުވުމުގެ ރަސްމިއްޔާތަށް މިހާރު ގިނަ ބަޔަކަށް ދައުވަތު ދީފައިވާކަމަށް އެ ފަރާތުން ބުނެ އެވެ.
ސްޕާ ސިލޯން މޯލްޑިވްސް އިން ދަނީ ފިހާރަ ހުޅުވުމުގެ ކުރިން އެތަން ޕްރޮމޯޓް ކުރުމަށް އިވެންޓްތައް ބާއްވަމުންނެވެ.
މިދިޔަ ބުރާސްފަތި ދުވަހު ހަވީރު އެ ކުންފުނިން ވަނީ ކޮންޓެންޓް ކްރިއޭޓާސްއަށް ސްޕާ ސިލޯންގެ ބައެއް ޕްރޮޑަކްޓްތައް ދައްކާލުމަށް ޔޮޓް އިވެންޓެއް ކަނޑުމަތީގައި ބާއްވައިފަ އެވެ. އަދި މިއަދު ހެނދުނު ކުރުނބާ މޯލްޑިވްސްގައި ވެސް އިތުރު އިވެންޓެއް ސްޕާ ސިލޯންއިން ވަނީ ބާއްވާފަ އެވެ.
މި އިވެންޓްތަކުގައި ސްޕާ ސިލޯންގެ ކޯ ފައުންޑަރު ޝާލިން ބަލަސޫރިޔާ ވަނީ ބައިވެރިވެފަ އެވެ.
ފަހި ފުލެޓުތައް ކައިރިން ކުނި ނައްތާލަން 13.5 މިލިއަން ހަރަދުވި
އީރާނާއެކު މިއަދު މަޝްވަރާތައް ފަށާނެ ކަމަށް ޓްރަމްޕް ބުނެފި
"އެރިރަންގް"އާއެކު ވެސް ބީޓީއެސް ގްރެމީގައި ބައިވެރިއެއް ނުވި!