ހޯމަ ދުވަހު ޑިއާ މިރްޒާ ވަނީ އޭނާގެ ލޯބިވެރިޔާ އަދި ވިޔަފާރިވެރިއެއް ކަމަށްވާ ވައިބަވް ރެކީ އާއި ކައިވެނިކޮށްފަ އެވެ. މި ކައިވެނި ކުރިޔަށް ގެންދިޔައީ ދިޔައީ މުމްބާއީގެ ބެންޑްރާގައި ހުންނަ ޑިއާގެ ގޭގައި ކުރިއަށް ދިޔަ ކުޑަ ހަފްލާއެއްގަ އެވެ.
ކައިވެނީގެ ހަފްލާގައި ޑިއާ ލައިގެން އިނީ ރަތް ކުލައިގެ ސަގާފީ ސާރީ އެކެވެ. އޭނާ ވަނީ ކައިވެންޏަށް ފަހު އެ ގޭގެ ބޭރުގައި ފޮޓޯނެގުމަށް މަޑުކޮށްގެން ތިބި މީޑީއާ ފަރާތްތަތަކަށް މިޓާއީ ބަހާފަ އެވެ.
ޑިއާ މިރްޒާ މިވަނީ އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް ކައިވެނި ހަފްލާގެ ރީތި ފޮޓޯތަކެއް އިންސްޓަގްރާމްގައި ހިއްސާކޮށްފަ އެވެ. އެ ފޮޓޯތަކުން ދެމަފިރިންގެ މޫނުމަތީގައި ވާ އުފާވެރިކަން ރަނގަޅަށް ހާމަވެގެންދެ އެވެ.
ސައިފްގެ "ކަރްތަވްޔާ" 15 މެއި ގައި ނެޓްފްލިކްސްއަށް އަންނަނީ
މުރަނގަ ގަހުން ފެނުގެ މައިކްރޯޕްލާސްޓިކް ސާފުކޮށްދޭ: ދިރާސާ
މިނިވަން ނޫސްވެރިކަމުގެ އިންޑެކްސް އިން ރާއްޖެއަށް ވެއްޓުމެއް
