އެމެރިކާގައި ޓިކްޓޮކް ބޭނުން ކުރުން މަނާކުރަން ޖެހިދާނެ ފަދަ ބިލެއް ފާސް ކުރުމުން އެ ބިލާ ދެކޮޅަށް ކޯޓަށް ދާން ޓިކްޓޮކުން ނިންމައިފި އެވެ.
މިދިޔަ ހަފްތާގައި އެމެރިކާގެ ރައީސް ޖޯ ބައިޑަން ތަސްދީގު ކުރެއްވި އެ ބިލުގައި ބުނެފައިވަނީ ކުރިއަށް އޮތް ނުވަ މަސް ދުވަހުގެ ތެރޭގައި މިވަގުތު ޓިކްކޮޓްގެ ބެލެނިވެރި ކުންފުނި، ޗައިނާގެ ބައިޓްޑާންސްއިން އެ ކުންފުނި ވިއްކާނުލައިފިނަމަ އެމެރިކާގައި ޓިކްޓޮކް ބޭނުން ކުރުން މަނާވާނެ ކަމަށެވެ.
މަޖިލީހުން މި ނިންމުން ނިންމާފައިވަނީ ޓިކްޓޮކުން އެ އެޕްލިކޭޝަން ބޭނުންކުރާ އެމެރިކާ ރައްޔިތުންގެ ޒާތީ މައުލޫމާތު ޗައިނާ ސަރުކާރަށް ފޯރުކޮށްދޭ ކަމަށް ބުނެ އެވެ. ޓިކްޓޫކުން ވަނީ އެކަމަށް ދެކޮޅު ހަދާފަ އެވެ.
އެ ބިލް ފާސްކުރުމާއެކު ޓިކްޓޮކްގެ މެނޭޖްމަންޓުން އާއްމުކުރި ވީޑިއޯއެއްގައި ބުނެފައިވަނީ އެ ކުންފުނިން އެމެރިކާ ދޫކޮށް ނުދާނެ ކަމަށާއި ފާސްކޮށްފައިވާ ޣައިރު ގާނޫނީ ބިލާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށައަޅާނެ ކަމަށެވެ.
ޓިކްޓޮކްއަކީ މިހާރުވެސް އެކި ގައުމުތަކުގައި މަނާ ކުރެވިފައިވާ އެޕްލިކޭޝަނެކެވެ. އޭގެ ތެރޭގައި އޮސްޓްރޭލިއާ، އިނގިރޭސި ވިލާތް ފަދަ ބޮޑެތި ގައުމުތައް ވެސް ހިމެނެ އެވެ.
"އެރިރަންގް"އާއެކު ވެސް ބީޓީއެސް ގްރެމީގައި ބައިވެރިއެއް ނުވި!
ރޮނާލްޑޯ އާއި ޖޯޖީނާ އަންނަ ހަފްތާގައި ކައިވެނި ކުރަނީ
ބަންޑުން ޖަހާލި ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ