އިންޑިއާގައި އީދާއި ދިވާލީފަދަ މުނާސަބަތުތަކަކީ އާއްމުކޮށް ބޮލީވުޑް ފިލްމުތައް ރިލީޒް ކުރެވޭ މުނާސަބަތުތަކެކެވެ.
އާއްމުކޮށް ކޮންމެ އަހަރެއްގެ އީދުގައި ސަލްމާން ޚާންގެ ފިލްމެއް ރިލީޒް ކުރެވޭއިރު ޝާހްރުކް ޚާންގެ ފިލްމުތައް އާއްމުކޮށް ރިލީޒް ކުރެވެނީ ދިވާލީގަ އެވެ.
އެގޮތުން މިދިޔަ އަހަރުގެ ފިތުރު އީދުގެ މުނާސަބަތުގައި ސަލްމާންގެ "ޓައިގާ 3" ރިލީޒް ކުރެވުނުއިރު އެ އަހަރުގެ ދިވާލީގައި ރިލީޒް ކުރެވުނީ ޝާހްރުކް ޚާންގެ "ޕަތާން" އެވެ.
އެހެން ނަމަވެސް މި އަހަރަކީ މުޅިން ތަފާތު އަހަރެކެވެ. ބޮލީވުޑްގެ އެންމެ ބޮޑު ދެ ފަންނާނުންގެ އެއްވެސް ފިލްމެއް މި އަހަރު ރިލީޒް ކުރަން ހަމަޖެހިފައެއް ނުވެ އެވެ.
އެހެން އަހަރުތަކާ ޚިލާފަށް މި އަހަރުގެ އީދުގައި ސަލްމާން ޚާންގެ ފިލްމެއް ރިލީޒް ކުރަން ހަމަޖެހިފައި ނެތުމުން އީދުގެ ފޯރި ކުޑަވެފައިވާ ކަމަށް ބައެއް މީހުން އަންނަނީ ބުނަމުންނެވެ.
ސަލްމާންގެ ފިލްމެއްގެ ބަދަލުގައި މި އީދާ ދިމާކޮށް އިންޑިއާގެ ސިނަމާތަކުގައި އަޅުވަނީ އަކްޝޭ ކުމާރު އާއި ޓައިގާ ޝްރޮފްގެ ފިލްމު "ބަޑޭ މިޔާން ޗޯޓޭ މިޔާން 2" އެވެ.
ސަލްމާންގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ދަ ބުލް"، "ކިކް 2" އަދި "ސަފަރް" ފަދަ ފިލްމުތައް ހިމެނެ އެވެ.