ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ހިލާލީގެއަށް ބަދަލުވެވަޑައިގެންފި އެވެ.
މިދިޔަ ނޮވެމްބަރު 17 ވަނަ ދުވަހު ނައިބު ރައީސްގެ މަގާމާ ހަވާލުވެވަޑައިގެންނެވި ހުސެއިން މުހައްމަދު ލަތީފް ހިލާލީގެއަށް ބަދަލުވެވަޑައިގެންނެވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
މިވީ ހަތަރު މަސް ދުވަހަށް ވުރެ ގިނަ ދުވަހު އެމަނިކުފާނު ދިރިއުޅުއްވަމުން ގެންދެވީ އާއިލާއާ އެކީގައި އަމިއްލަ އެޕާޓްމަންޓެއްގަ އެވެ. އެއީ ރައްޔިތުންގެ މަޖިލިހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރުކަން ވެސް ކުރެއްވި އިރުގައި ދިރިއުޅުއްވި އެޕާޓްމަންޓެވެ. ނައިބު ރައީސް ހިލާލީގެއަށް ބަދަލުވެވަޑައިގަތުން މިހާ ބޮޑަށް ލަސްވީ އެ ގެ ވަރަށް ބޮޑަށް މަރާމާތު ކުރަން ޖެހިގެންނެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އަމިއްލަ ގެކޮޅު ކަމުގައިވާ މ. ދިމްޔާތުގައި ހުންނެވުމަށް ފަހުގައި ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު މުލިއާގެއަށް ބަދަލުވެވަޑައިގެންނެވީ މިދިޔަ ފެބްރުއަރީ މަހުގައެވެ. އެ ގެއަށް ވެސް އެމަނިކުފާނު ބަދަލުވެވަޑައިގެންނެވީ ވަރަށް ބޮޑަށް އެ ގެ މަރާމާތު ކުރުމަށް ފަހުގަ އެވެ.
"ގަދަރް"އަށް 25 އަހަރު: އަދިވެސް އެންމެ ކާމިޔާބު އެއް ފިލްމު!
އީއައިއޭ ނުހަދައި ސީޕްލޭން ޕްލެޓްފޯމެއް އެޅުމުން ޖޫރިމަނާ
އެމެރިކާ ސިފައިންގެ ބޮންއަޅާ ބޯޓެއް ވެއްޓި 8 މީހުން މަރުވެއްޖެ