ގއ. މާމެންދޫގައި ވެރިކަންކުރާ ޕީއެންސީ އާއި އިދިކޮޅު އެމްޑީޕީގެ ސަޕޯޓަރުންގެ މެދުގައި މާރާމާރީއެއް ހިންގައިފި އެވެ.
މާމެންދޫން ވާހަކަދެއްކި މީހަކު ބުނީ ހަމަނުޖެހުން ހިނގުމުގެ އަސްލަކީ މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ކޮލަމާފުށީ ދާއިރާއަށް ވާދަކުރައްވާ ސައްޔާހު ހަލީލްގެ ބައެއް ބިލްބޯޑުތައް ނުފެންނަ ގޮތަށް ފިޔައިތޮށި ފޮތިން ބިއްގަނޑެއް ޖެހުމުން ކަމަށެވެ.
ސައްޔާހްގެ ބައެއް ބިލް ބޯޑުތައް ނުފެންނަގޮތަށް ހެދީ ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓް އިބްރާހީމް ދީދީ އާއި މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ހިމެނޭ ޓީމެއް ކޮލަމާފުށިން އެރަށަށް ދިޔަ ވަގުތު އެވެ.
އޭނާ ބުނީ ސައްޔާހްގެ ބިލް ބޯޑުތައް ނުފެންނަގޮތަށް ހެދުމުން ނަރީޝްއާ މުހާތަބުކޮށް އެމްޑީޕީގެ ސަޕޯޓަރުން އެ މީހުންގެ ޝުއޫރުތައް ފާޅުކުރުމުން ބޮޑު ޒުވާބެއް ހިނގައި މާރާމާރީއަކަށް ބަދަލުވީ ކަމަށެވެ.
"ނަރީޝްއާ ދިމާލަށް އެމްޑީޕީގެ ސަޕޯޓަރުން ބުނީ 'ފިރިހެންވެބަލާށޭ'. އެހެން ބުނުމުން ޒުވާބު ފެށިގެން ގޮސް ކޮލަމާފުށީ އެމްޑީޕީ އިސް އެކްޓިވިސްޓް ރައޫފްބެއާ ދިމާކޮށްލައި އޭނަގެ ގައިގައި ޕީޕީއެމް ސަޕޯޓަރުން ތަޅައިގަތީ،" މާމެންދޫން ވާހަކަދެއްކި މީހާ ކިޔައިދިނެވެ.
އެ ހަމަނުޖެހުމުގެ ތެރެއިން ނަރީޝްއަށް ވެސް ވަނީ ހަމަލާދީފަ އެވެ.
ފުލުހުން ބުނީ ނަރީޝް ހުށަހެޅި މައްސަލަ ފުލުހުން ބަލަމުން އަންނަ ކަމަށެވެ. އެ ހަމަނުޖެހުމުގައި އަނިޔާވި އެމްޑީޕީ ސަޕޯޓަރަކަށް މާމެންދޫ ސިއްހީ މަރުކަޒުގައި ދަނީ ފަރުވާދެމުންނެވެ.

އަލިފާނުގައި މަރުވި ދެ ބިދޭސީއެއްގެ ހަށިގަނޑު ގައުމަށް ފޮނުވައިފި
އިމާމުވެ ހުކުރު ކުރުމުގެ ހުއްދަ އިތުރު 26 ކުއްޖަކަށް
ސައިބަ އެޓޭކްތައް އިތުރުވަނީ: އެމެރިކާއަށް ބޮޑު ގޮންޖެހުމެއް!
