ސައުދީ އަރަބިއްޔާއަށް ހަނދުނު ފެނުމާ ގުޅިގެން މާދަމާ އަކީ މި އަހަރުގެ ބަރަކާތްތެރި ރޯދަ މަހުގެ ފުރަތަމަ ދުވަސް ކަމުގައި ދިވެހި ސަރުކާރުން ކަނޑައަޅައިފި އެވެ.
މިކަން އިއުލާންކުރީ، ހަނދު ސާބިތުކުރަން ދެންމެ ބޭއްވި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ.
އިސްލާމީ މަރުކަޒުގައި އޮތް މި ރަސްމިއްޔާތުގައި މިނިސްޓަރުގެ އިތުރުން ހަނދު ސާބިތުކުރަން އެކުލަވާލާފައިވާ ކޮމިޓީގައި ދީނީ ބައެއް އިލްމުވެރިން ތިއްބެވި އެވެ.
ރަމަޟާން މަހުގެ ހަނދު ސާބިތުކުރުމަށް ބޭއްވި ޖަލްސާއަށްފަހު ހަނދާގުޅޭ ގޮތުން ނެރުއްވި ގަރާރުގައި ވިދާޅުވީ މިއަހަރުގެ ރަމަޟާން މަހުގެ ހަނދު ދިވެހިރާއްޖެއާ އިސްލާމީ ބައެއް ޤައުމުތަކަށް ފެންނާނެ ކަމަށް އިތުބާރުހުރި ފަލަކީ ހިސާބުތަކުން ދައްކާތީ މާދަމާއަކީ މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމަށެވެ.
އެއް ކަސްރަތަކުން ތަފާތު 8 ބައްޔެއްގެ ނުރައްކާ ކުޑަވޭ!
އުމްރާއިން އައުމަށްފަހު ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން އެދިއްޖެ
ފަހި ފުލެޓުތައް ކައިރިން ކުނި ނައްތާލަން 13.5 މިލިއަން ހަރަދުވި