ގިނަ ބަޔަކު ބޭނުން ކުރަމުން އަންނަ ސޯޝަލް މީޑިއާ ޕްލެޓްފޯމް ތަކެއް ކަމަށްވާ ފޭސްބުކްއާއި އިންސްޓަގްރާމް އަދި މެސެންޖާގެ ހިދުމަތް މެދުކެނޑިއްޖެ އެވެ.
މި ޕްލެޓްފޯމުތަކުގެ ހިދުމަތް ދުނިޔޭގެ އެންމެންނަށް މެދުކެނޑިފައިވާއިރު އެކަން ވަނީ ވެބްސައިޓްތައް މޮނީޓާކުރާ ޑައުން ޑިޓެކްޓާއިން ވެސް ޔަގީން ކޮށްދީފަ އެވެ.
ހަބަރުތައް ބުނާ ގޮތުގައި އެ ޕްލެޓްފޯމުތަކުގެ އެޕްލިކޭޝަންތަކާއި ވެބްސައިޓްތަކަށް ވެސް ވަނީ އަސަރުކޮށްފަ އެވެ. އެގޮތުން އެތައް ބައެއްގެ އެކައުންޓުތަކުން ވަނީ ލޮގްއައުޓް ވެފަ އެވެ.
މިކަމުގެ ޝަކުވާތައް ދުނޔޭގެ އެކި ކަންކޮޅުތަކުގެ މީހުން އެކްސް (ޓްވިޓާ)ގައި އަންނަނީ ކުރަމުންނެވެ. އެގޮތުން މި މައުޟޫ މިހާރު ވަނީ ޓްވިޓާގެ ޓްރެންޑިންއަށް އަރާފަ އެވެ.
ފޭސްބުކް، އިންސްޓަގްރާމް އަދި މެސެންޖާއަކީ މާކް ޒަކަބާގް އުފައްދާފައިވާ މެޓަ ކުންފުނީގެ ބެލެނިވެރިކަމުގެ ދަށުން ހިންގާ ޕްލެޓްފޯމްތަކެކެވެ. އެހެން ނަމަވެސް މެޓާއިން މިކަމާ ބެހޭ ގޮތުން އަދި އެއްޗެއް ބުނެފައެއް ނުވެ އެވެ.

މާލޭގައި މާރުކޭޓު ތަރައްގީކުރަން ބަޔަކާ ހަވާލުކޮށްފި
މުއްސަނދިގެން ޕްރައިވެޓް ޖެޓްތައް ރާއްޖެއަށް
ރިފަރެމްޑަމް ވޯޓުގައި ސަރުކާރަށް ޕީއެސްއެމްއިން ކެމްޕޭން ކޮށްދެނީ