މި އަހަރުގެ އުރީދޫ ނޭޝަން ގޭމާސް ލޭންޑުގެ ހަރަކާތްތައް ރޭ އިފްތިތާހު ކޮށްފި އެވެ.
އުރީދޫ ނޭޝަން ގޭމާސް ލޭންޑަކީ ރާއްޖޭގެ އުފެދިފައިވާ ގޭމިން ކޮމިއުނިޓީއަށް އަދި ގޭމް ކުޅޭ ހުރިހާ އެންމެންނަށް ބައިވެރިވެވޭ ގޮތަށް ރާވާފައިވާ ހަރަކާތެކެވެ. މުޅި އަހަރަށް ބަހާލައިގެން ބޭއްވޭ އީ.އޭ.އެފް.ސީ 24، މޮބައިލް ލެޖެންޑްސް އަދި ޕަބްޖީ ޓޯނަމަންޓްތަކުގެ ޖުމްލް ޕްރައިޒް ޕޫލްއަކީ 700،000ރ. އެވެ.
މި އަހަރުގެ އުރީދޫ ނޭޝަންގައި އިންޓަރ ސްކޫލް، އިންޓަރ ޔުނިވާރސިޓީ/ކޮލެޖު، އިންޓަރ އޮފިސް، އިންޓަރ ރިސޯޓު މުބާރާތްތައް ހިމެނެ އެވެ.
ގޭމަރުންގެ މެދުގައި އެންމެ މަގުބޫލު ނެޓްވޯކު، އުރީދޫ މޯލްޑިވްސް އިން މިއަހަރަށް ރާވައިފައިވަނީ ހާއްސަ ޝައުގުވެރި މުބާރާތްތަކެކެވެ. އަދި މިއަހަރު "އަލްޓިމޭޓް ޕްލޭޔަރ" ޓްރޮފީ އަށް ވާދަކުރުމުގެ ފުރުސަތު ހުރިހާ ބައިވެރިންނަށް ވެސް ހުޅުވާލެވޭނެ އެވެ. "އަލްޓިމޭޓް ޕްލޭޔަރ" އަކީ ގޭމަރުންގެ ތެރެއިން ހޮވާލެވޭ މޮޅު ފަންނާނެކެވެ. އަދި އެހެން ކުޅުންތެރިންނަށް ނަމޫނާ ފަރާތަކަށް ވެގެންދާނެ އެވެ. މިއީ ރާއްޖޭގައި މިފަދަ ފަންނާނެއް ހޮވޭ ފުރަތަމަ ފަހަރެވެ.
ކަނޑުއޮޅި ހުޅުވާލުމުގެ އެއްބަސްވުމަކާ ގާތަށް އާދެވިއްޖެ: އެމެރިކާ
މަރުވެފައިވާ މީހުންގެ އެކައުންޓުތަކަށް 10 މިލިއަން ރުފިޔާ ޖަމާވި
ސަލްމާންގެ ސިއްހަތާމެދު ދެކެވޭ ވާހަކަތަކަށް ޖަވާބު ދީފި