ޓްރީ ޓޮޕް ހޮސްޕިޓަލުން ކާމިޔާބުކަމާއެކު ލޯފުސްވާ ބައްޔާއި ލޮލުގެ އޮޕްޓިކް ނާރަށް ލިބޭގެއްލުމާ ގުޅިގެން ހަދާ ސާޖަރީ ކާމިޔާބު ކަމާއެކު ކޮށްފި އެވެ.
އެ ސާޖަރީ ހަދާފައި ވަނީ ލޮލުގެ ހާއްސަ ޑރ. އަރުޗަނާ ޝަރްމާ އަދި ޓީމު ގުޅިގެންނެވެ.
މި އޮޕަރޭޝަންއަކީ ގްލޯކޮމާ އާއި ކެޓަރެކްޓްގެ ހާލަތެއް އެކީގައި ދިމާވާ ބަލިމީހުންނަށް ބޭނުންކުރާ ސާޖިކަލް ޓެކްނިކް އެކެވެ. މި އޮޕަރޭޝަންގެ ތެރޭގައި ފޭކޯއެމަލްސިފިކޭޝަން، އިންޓްރާއޮކިއުލާ ލެންސް އިމްޕްލާންޓް ކުރުމާއި، ޓްރެބިކިއުލެކްޓޮމީ ހިމެނެއެވެ.
ފޭކޯއެމަލްސިފިކޭޝަން އަދި އިންޓްރާއޮކިއުލާ ލެންސް އިމްޕްލާންޓް ކުރުމަކީ ކެޓަރެކްޓް އަށް ދެވޭ ސާޖިކަލް ފަރުވާތަކެއް އަދި ޓްރެބިކިއުލެކްޓޮމީ އަކީ ޕެނެޓްރޭޓިން ފިލްޓަރިން ސާޖިކަލް ޕްރޮސީޖާ ބޭނުން ކޮށްގެން އެކި ބާވަތުގެ އޯޕަން އެންގަލް އަދި ނޯމަލް ޓެންޝަން ގްލޯކޮމާއަށް ދެވޭ ފަރުވާއެކެވެ.
ޓްރީޓޮޕުން ބުނިގޮތުގައި އުމުރުން 55 އަހަރުގެ އަންހެނަކު ލޮލުގެ ޚާއްސަ ޑރ. އަރުޗަނާ ޝަރްމާއަށް، ދެއްކީ ދެ ލޮލުގެ ފެނުން ވެސް ދިގު މުއްދަތަކަށް ދަށްވެ، ދިގު މުއްދަތަކަށް ގްލޯކޮމާ ބަލި ތަހައްމަލް ކުރަމުން ދާތީއެވެ.
ޑޮކްޓަރަށް ފާހަގަކުރެވުނީ ދެ ލޮލުގައި ކްރޮނިކް އެންގަލް ކްލޯޒާ ގްލޯކޮމާ ހުރިކަމާއި ވައަތު ލޮލުގައި އެޑްވާންސްޑް ގްލޯކޮމާ އަދި ސެނައިލް ކެޓަރެކްޓް ހުރިކަމަށެވެ. މި ބަލީގައި ލޭޒާ އިރިޑޮޓޮމީ އާއި އެންޓި ގްލޯކޮމާ ބޭސްތައް ބޭނުންކުރި ނަމަވެސް ދެ ލޮލުގެ އެންޓިރިއާ ޗެމްބަރު އަދި އޮކްލޫޑެބަލް އެންގަލްސް ތިލަވެ އެއާއެކު އިންޓްރާއޮކިއުލަރ ޕްރެޝަރު (ލޮލުގެ ޕްރެޝަރު) ވަރަށް މަތިވެގެންދެއެވެ. އެހެންކަމުން ލޯކަލް އެނެސްތެޝިއާގެ ދަށުން، 8 ޖެނުއަރީ 2024 ގައި ބަލިމީހާގެ ވާތުލޮލުގެ ފޭކޯޓްރެބެކިއުލެކްޓޮމީ (ކޮމްބައިންޑް ކެޓަރެކްޓް އެންޑް ގްލޯކޮމާ ފިލްޓްރޭޝަން ސާޖަރީ) ކުރެވުނެވެ.
ގްލޯކޮމާއަކީ ލޮލުގެ ފެނުން ދަށްކޮށް އަދި ލޮލުގެ ޕްރެޝަރު މަތިވެ އޭގެ ސަބަބުން ލޮލުގެ އޮޕްޓިކް (ލޮލުގެ ފެނުމަށް އެހީތެރިވެދޭ ނާރު) ހަލާކުވާން މެދުވެރިވާ ބައްޔެކެވެ. މިހެންކަމުން، މި ސާރޖަރީ ހެދިފައިވަނީ ލޮލުގެ ޕްރެޝަރު ދަށްކޮށް އަދި ނާރުތަކަށް އިތުރު ގެއްލުން ނުލިބި، ބަލި ބޮޑުވުން މަޑުޖައްސާލުމަށެވެ. އަދި މީގެ އިތުރުން ލޮލުގެ ފެނުން ރަނގަޅުވެ، ރަނގަޅަށް ފެންނާނެ ގޮތަށް ކެޓަރެކްޓް ސާރޖަރީއާ ވެސް އެކުއެކީގައި ކުރިއަށް ގެންދެވުނެވެ.
ސާރޖަރީއަށް ފަހު ބަލިމީހާގެ ފެނުން ރަނގަޅުވެ ލޮލުގެ ޕްރެޝަރު (އައިއޯޕީ) ދަށްވި އެވެ. މީގެ ކުރިން މި ސާރޖަރީއަށް އާންމުކޮށް ބަލި މީހުން ރާއްޖެއިން ބޭރަށް ދާން ޖެހުނުކަމުގައި ވިޔަސް، މިހާރު ޓްރީ ޓޮޕް ހޮސްޕިޓަލްއިން ފަސޭހަކަމާއެކު މި ސާރޖަރީ ކުރެވޭނެއެވެ. ޓްރީ ޓޮޕް ހޮސްޕިޓަލްއިން ދެވޭ މިފަދަ ފަރުވާތަކުން ބަލިމީހާގެ ވަގުތު ސަލާމަތްކުރެވި، ރާއްޖެއިން ބޭރަށްދާން ކުރަންޖެހޭ ޚަރަދުތަކާއި ދަތުރުތަކާއި ގުޅުން ހުރި އިތުރު ފިކުރުތައް ކުޑަވެގެންދެ އެވެ.
ކެޓަރެކްޓް ބައްޔަކީ އުފެދިގެން ދާއިރު މާގިނަ ޢަލާމާތްތަކެއް ނުފެނި ގިނަދުވަހުން މަޑުމަޑުން ބޮޑުވަމުންދާ ބައްޔެކެވެ. މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ލޮލުގައި އެއްވެސް ތަދެއް ނުވަތަ ރަތްވުމެއް ކުރިމަތި ނުވެވެސް ހިނގައިދާނެއެވެ. އުމުރުން ދުވަސްވީ މީހުންގެ ކިބައިން މިބަލި ގިނައިން ފެނުނުކަމުގައި ވިޔަސް، އެކިއެކި ސަބަބުތަކާހުރެ ޒުވާނުންނާއި ތުއްތު ކުދިންގެ ފަރާތުންވެސް މިބަލި ފެނިގެން ދިޔުމަކީ އެކަށިގެންވާކަމެކެވެ.
ގްލޯކޮމާ އަކީ ލޮލުގެ އޮޕްޓިކް (ލޮލުގެ ފެނުމަށް އެހީތެރިވެދޭ ނާރަށް) ލިބޭ ގެއްލުމެކެވެ. މި ބަލީގެ ސަބަބުން ގިނަ ފަހަރަށް ލޮލުގެ އެތެރޭގެ ޕްރެޝަރު މަތިވެ، ނާރުތައް ފިތި ނާރުތަކުގެ ފައިބަރުތަކައް ގެއްލުންލިބެއެވެ. މި ބައްޔަށް އެކަށީގެންވާ ފަރުވާ ނުލިބިއްޖެ ކަމުގައި ވާނަމަ، ލޮލުގެ ޕެރިފެރަލް ވިޝަން (ވަށައިގެން ފެންނަ ފެނުން) ގެއްލި، އަދި އެންމެ ފަހުން ސެންޓްރަލް ވިޝަން (ސީދަލަށް ފެންނަ ފެނުން) ވެސް ގެއްލިގެން ދިޔުމުގެ ފުރުސަތު ބޮޑުވެއެވެ.
ލޮލުގެ ފެނުމަށް އެއްވެސް ބަދަލެއް އައިސްފައިވާކަން ފާހަގަކުރެވިއްޖެނަމަ ނުވަތަ މަތީގައި ބަޔާންކުރެވުނު އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ލޮލުގެ ޚާއްސަ ޑޮކްޓަރަށް ދައްކައިގެން ތަހުލީލު ކުރަން ޖެހެއެވެ. ކެޓަރެކްޓް ބަލި އަވަހަށް ދެނެގަނެ ފަރުވާ ދިނުމަކީ ލޮލުގެ ފެނުން ގެއްލުން ހުއްޓުވައި، ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގައި އެންމެ ކުރިއަރާފައިވާ ސިއްހީ ޚިދުމަތް ދޭ ހޮސްޕިޓަލަށް ވެފައި ލޮލުގެ ޚާއްސަ ބަލިތަކަށް ފުޅާ ދާއިރާއެއްގައި ހިދުމަތް ފޯރުކޮށްދޭ ހޮސްޕިޓަލެކެވެ. މި ހޮސްޕިޓަލަކީ ބަލިމީހުންނަށް މަތީ ފެންވަރުގައި އަދި އަތްފޯރާފަށުގައި ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމަށާއި ކާމިޔާބު ސާރޖަރީތަކާއި ރަނގަޅު ނަތީޖާއެއް ހޯދުމަށް ހީވާގިކަމާއެކު އަޒުމު ކަނޑައަޅައި މަސައްކަތް ކުރަމުން އަންނަ ހޮސްޕިޓަލެކެވެ.