ޗައިނާގެ ޝިއާމެން އެއާލައިންސްގެ ޗާޓަރު ދަތުރުތަކެއް ރާއްޖެއަށް ފަށަން ނިންމައިފި އެވެ.
އެ އެއާލައިންގެ ފުރަތަމަ ޗާޓަރު މި މަހުގެ 14 ވަނަ ދުވަހު އެވެ.
އެ އެއާލައިނުން ބުނީ ފަސިންޖަރުންނަށް ޓްރާންސްފާގައި މަޑުކުރަން ނުޖެހި، ފުޖިއާނުން ސީދާ ރާއްޖެ އައުމުގެ ފުރުސަތު ފަހިކޮށްދެވޭ ކަމީ، ދެ ގައުމުގެ ދެމެދުގައި ދަތުރުކުރާ ވަގުތު ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމެއް ކަމަށެވެ.
މި ސީދާ ފްލައިޓަކީ ޗައިނީސް އާ އަހަރާ ދިމާކޮށް، ފުޖިއާން ޕްރޮވިންޝަލް ޑިޕާޓްމަންޓުން އިންތިޒާމުކޮށްގެން ބާއްވާ "ރިފްރެޝިން ފުޖިއާން: ސްޓާޓިން ޕޮއިންޓް އޮފް ދަ މެރިޓައިމް ސިލްކް ރޯޑް ފުޖިއަން ކަލްޗަރަލް އެންޑް ޓޫރިޒަމް ކޮމިއުނިކޭޝަން އިވެންޓްސް (މޯލްޑިވްސް)" ފެށުމެވެ.
ޒިއާމެން އެއާލައިންސް އިން އޮޕަރޭޓްކުރާ ފްލައިޓް އެމްއެފް 8017 މާލެ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާނީ އަންނަ ބުދަ ދުވަހު ދުވަހުގެ ހެނދުނު 11:00 ގަ އެވެ.
މިއީ ފުޖިއާން އިން ރާއްޖެއަށް ކުރާ ފުރަތަމަ ސީދާ ފްލައިޓް ކަމަށާއި، މި ދަތުރުގައި ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސުމާއެކު މަރުހަބާ ކިއުމުގެ ގޮތުން "ވޯޓާ ސެލިއުޓް" ދިނުމާއި ރާއްޖޭގެ "ބޮޑުބެރު" މިއުޒިކް އޮންނާނެ ކަމަށެވެ.
ބޮލީވުޑްގެ ކުރިން ވިކީގެ ހުވަފެނަކީ މިއީ!
އައްޑޫއަށް ވަގަށް އެތެރެކުރި 1.8 މިލިއަން ސިނގިރޭޓު ނައްތާލައިފި
ހަށިގަނޑުން ނުބައި ވަސް ދުވާނަމަ ޑޮކްޓަރަށް ދެއްކުން އަވަސްކުރޭ!