ވަޅިން ހަމަލާދީ ގއ. މާމެންދޫގައި 17 އަހަރުގެ ކުއްޖަކު މަރާލައިފި އެވެ.
އެނގިފައިވާ ގޮތުގައި އެ ކުއްޖާ އަށް ވަޅިން ހަމަލާދިނީ އެރަށުގައި މިރޭ ހިންގި ގްރޫޕް މާރާމާރީއެއްގަ އެވެ. އެ މާރާމާރީގައި އެ ކުއްޖާގެ ބޭބެއަށް ވެސް ވަނީ ވަޅިން ހަމަލާދީފަ އެވެ. އޭނާ އަށް ގއ. އަތޮޅު ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ކަމަށް އެ ހޮސްޕިޓަލްގެ މެނޭޖަރު ޝަރީފް އަހްމަދު ވިދާޅުވި އެވެ.
މަރުވެފައި ވަނީ ގއ. މާމެންދޫ، ލިލީ އޮފްދަ ވެލީ، އަހްމަދު އުދައްޔު، 17، އެވެ.
ޝަރީފް ވިދާޅުވީ 17 އަހަރުގެ ކުއްޖާ އެ ހޮސްޕިޓަލަށް ގެނައި އިރުވެސް މަރުވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެ ކުއްޖާގެ ކަރަށް ތޫނުއެއްޗަކުން ހަމަލާދީފައިވާ ކަމަށެވެ.
ފުލުހުން ބުނީ މި ހާދިސާގެ ރިޕޯޓް ލިބުނީ މިރޭ 10:10 ހާއިރު ކަމަށެވެ.
ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ އެ މައްސަލައާ ގުޅިގެން އެކަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި މާދަމާ ހެނދުނު މާލެއިން ޚާއްސަ ތަހުގީގު ޓީމެއް އެރަށަށް ދާނެ ކަމަށް ވެސް ސީޕީ ވިދާޅުވި އެވެ.
ދަރިފުޅު ބޭނުންވާ ކަންތައް ނުކުރެވޭ ކަމަށް އެންޖެލީނާ ބުނީ ކީއްވެ
އައްޑޫއަށް ވަގަށް އެތެރެކުރި 1.8 މިލިއަން ސިނގިރޭޓު ނައްތާލައިފި
މެމްބަރުން ވަކިކުރުމުގެ ބާރު ޕާޓީތަކަށް ދެވޭނެ ހަމައެއް ނެތް
