ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމަށް މަގުމަތިން ބަޔަކު ހަމަލާދިނުމާ ގުޅިގެން ފަރުވާ ދޭން ފަށައިފި އެވެ.
އެނގިފައިވާ ގޮތުގައި ޝަމީމަށް ހަމަލާ ދިނީ މިއަދު ހެނދުނު ހެންވޭރު ނޫރު މިސްކިތް ކައިރިންނެވެ.
ފުލުހުން ބުނީ އޭނާއަށް މިހާރު އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.
ޝަމީމަށް ހަމަލާ ދިނީ ތޫނު އެއްޗަކުން ކަމަށް ސޯޝަލް މީޑިއާގައި ބުނި ނަމަވެސް މިހާތަނަށް ބެލި ބެލުމުން ހަމަލާ ދީފައިވަނީ ތޫނު އެއްޗަކުން ނޫން ކަމަށް ފުލުހުން ބުނެ އެވެ. ނަމަވެސް މިކަމާ ގުޅޭ އިތުރު މައުލޫމާތެއް މިހާތަނަށް ފުލުހުން ހާމައެއް ނުކުރެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހަމަލާދީފައިވަނީ ޝަމީމްގެ އަތަށެވެ. ޕީޖީ ޝަމީމުގެ ހާލު ރަނގަޅު ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކުޑަކުދިން ބޭރަށް ނެރެން ޖެހޭ ސަބަބު މިއޮތީ!
ލަވަކިޔުންތެރިޔާ ޑޭވިޑް އަންހެން ކުއްޖަކު މަރާލި މައްސަލައެއް
އީރާނުގެ ހަނގުރާމަ ނިމިފައިވާ ކަމަށް އެމެރިކާއިން ބުނެފި
ތީ ވަރައް ދެރަކަމެއް