ބޭންކް އޮފް މޯލްޑިވްސްގެ ޗެއާމަން ޔޫޝައު ސައީދު ހިމެނޭހެން އެ ބޭންކުގެ ޑިރެކްޓަރުން ބޯޑުގައި ހިމެނޭ ތިން ބޭފުޅަކު މަގާމުން ވަކިކޮށްފި އެވެ.
އިތުބާރުހުރި މަސްދަރަކުން "ހުރިހާ"އަށް ކަށަވަރުކުރެވިފައިވާގޮތުގައި ޔޫޝައުގެ އިތުރުން ދެން ވަކިކުރީ އެ ބޯޑުގައި ހިމެނޭ އަބްދުالله ހަސަން އާއި އަބްދުالله ހުސާމް ޝަރީފެވެ.
މިކަމާ ގުޅޭގޮތުން ސަރުކާރާއި ބީއެމްއެލް އިން ވެސް ވަކިއެއްޗެއް އަދި ނުބުނެ އެވެ.
ޔޫޝައު ބީއެމްއެލްގެ ޗެއާމަންގެ މަގާމަށް ހަމަޖައްސާފައި ވަނީ ޖުލައި 16, 2021 ގަ އެވެ. އަބްދުالله ހަސަން އާއި ހުސާމް އަދި ޔޫޝައު އަކީ ވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެ ބޯޑަށް އައްޔަންކުރެއްވި ބޭފުޅުންނެވެ.
ރާއްޖެ އެތެރެކުރި 800 ވޭޕް ކާޓްރިޖް އަތުލައިގެންފި
ދޯންޏެއް އަޑިއަށް ގޮސް ސިފައިންގެ މީހަކާއި ފުލުހަކު ގެއްލިއްޖެ
ޔާމީންގެ ވެރިކަމުގައި މުޅި ދައުލަތް ހިންގެވީ މުއިއްޒު: ޝުޖާއު
