ފުލުހުންގެ ތެރޭގައި ގާނޫނާ ޚިލާފަށް ވެރިކަން ބަދަލުކުރުމުގައި އެހީތެރިވެދިން މީހުންނާ ގުޅޭގޮތުން ތަހުގީގު ހިންގާ އޭގެ އިންސާފު ހޯދަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވަނީ އެމަނިކުފާނު ވެރިކަމުން އިސްތިއުފާ ދެއްވި ދުވަސް ކަމަށްވާ 2012 ފެބްރުއަރީ ހަތެއްގެ ހަނދާން އާކުރައްވާފަ އެވެ.
ރައީސް ނަޝީދު ވިދާޅުވީ، ޚުދުމުހުތާރު ވެރިޔަކު ބަދަލުވިޔަސް އެއީ ޚުދުމުހުތާރު ނިޒާމް އެކީގައި ބަދަލުކުރެވުނީކަމަށް ދެކިގެން ނުވާނެ ކަމަށެވެ. އަދި ރާއްޖޭގެ މުއައްސަސާތައް އިޞްލާހު ކުރަންޖެހޭ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"ބަޣާވާތަށް ބާރު ދިން ބަޔަކު ސަލާމަތީ ހިދުމަތުގައި ތިބުމަކީ ރަނގަޅު ކަމެއް ނޫން. ރަނގަޅުކަމެއް ނޫން އެއީ ސަލާމަތީ ޚިދުމަތުގެ ތެރޭގައި މިއުޓިނީއަށް ބާރުދިން ބަޔަކު ބޭތިއްބުމަކީ. އެއީ މިބާވަތުގެ ކަމެއް ތަކުރާރު ވުމަށް އަނެއްކާވެސް އޮތް އެންމެ ފަހި މަގު. ވަރަށް މުހިންމު ކަމެއް އެއީ ފެބުރުއަރީ ހަތެއްގެ މައްސަލަ ބަލާ ތަހުގީގުކުރުން،" ރައީސް ނަޝީދު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ ފަރާތުން ފުލުހުންގެ ބޯޑަށް ހޮވާ ދެ މެންބަރުންނަކީ ބަޣާވާތުގައި ބައިވެރިވި ފުލުހުންނަށް ފިޔަވަޅުއެޅުމަށް އެ ބޯޑަށް ވަޑައިގަންނަވާ ދެ ބޭފުޅުން ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި ފުލުހުންގެ ބޯޑުގައި މަޖިލިހުގެ މެންބަރުންނަށް ޚާއްޞަކޮށްފައިވާ ދެ ޖާގައަށް ކުރިމަތިލުމުގެ ފުރުސަތު ފުލުހުންގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހުޅުވައިލުން ދިމާވަނީ ޖަޒުބާތުގައި ޖެހިވަޑައިގެން ކަމުގައި ވިދާޅުވެ ފުލުހުންގެ ބަޔަކު ނުކުމެ ގިނަ އަދަދެއްގެ ރައްޔިތުންނަށް އަނިޔާކުރި ދުވަހާ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.
އެ ދުވަހު އަނިޔާ ލިބުނު ގިނަ ބޭފުޅުން މިހާރު ތިއްބެވީ ދައުލަތުގެ މަތީ މަގާމުތަކުގައި ވުޒާރާތައް ހިންގެވުމަށާއި ރައްޔިތުންގެ މަޖިލީހުގައި ކަމަށާއި، އަދި މަޖިލިހުގެ އަޣުލަބިއްޔަތު ރައްޔިތުން ރީނދޫ ކުލައިން އުފެއްދީ ފުލުހުންގެ މުއައްސަސާ އިސްލާހުކުރުމަށް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ 2008 ވަނަ އަހަރު ގާނޫނު އަސާސީއަށް ގެނެވުނު ބަދަލާއެކު، ރާއްޖޭގެ ވަރަށް ގިނަ ކަންކަމަށް ވަރަށް ބޮޑެތި ބަދަލުތަކެއް އައި ކަމަށެވެ. އެ ބަދަލުތަކުގެ ސަބަބުން ބައެއް ބޭފުޅުން އޭގެ ކުރީގައި ކަންކަން ކުރައްވަމުން ގެންދެވި ގޮތާއި، ލިބިވަޑައިގެންނެވި ތަކެއްޗާއި އިމްތިޔާޒްތަކާ ފަސޭހަތަކާއި، އެބާވަތުގެ ވަރަށް ގިނަ ކަންކަން ހުއްޓި ނެތިގެން ދިޔަކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. ހާއްސަކޮށް ރާއްޖޭގެ ވަރަށް ގިނަ ކަންކަމަށް ވަރަށް ބޮޑެތި ބަދަލުތަކެއް އައިކަން ރައީސް ނަޝީދު ފާހަގަކުރެއްވި އެވެ.
08 ފެބުރުއަރީގައި ސަރުކާރާއި އާއްމު ރަށްޔިތުންގެ މުދަލުގައި ހުޅުޖަހާ ރޯކުރި އެމްޑިޕީ މީހުންގެ މަށްސަލަތަށްވެސް ވަރަށްރަގަޅަށް ބަލަންޖެހޭ ވަރަށްސާފް އިނގޭތޯ