ރާއްޖޭގައި މިހާތަނަށް 9،000 އަށް ވުރެ ގިނަ މީހުންނަށް ވެކްސިން ދީފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެޗްޕީއޭއިން މިރޭ އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަދު ވެކްސިން ދިން މީހުންގެ ތެރޭގައި މާލެ ސަރަހައްދުގައި ވެކްސިން ޖެހި 2،375 މީހުންނާއި އަތޮޅުތެރެއިން ވެކްސިންޖެހި 1،789 މީހުން ހިމެނެ އެވެ.
ރާއްޖޭގައި މިހާތަނަށް ވެކްސިން ދިން މީހުންގެ ޖުމްލަ އަދަދަކީ 9،752 އެވެ. އެއީ މާލެ ސަރަހައްދުން 7،963 މީހުންނާއި އަތޮޅު ތެރެއިން 1،789 މީހުންނެވެ.
މާލެ ސަރަހައްދުގައި މިވަގުތު ކޮވިޑް ވެކްސިން ދިނުމަށް ހަ ސެންޓަރެއް ވަނީ ކަނޑައެޅިފަ އެވެ. އަދި ތިން އަތޮޅެއްގައި މިހާތަނަށް ވަނީ ވެކްސިންދޭނެ ގޮތް ފަހިކޮށްފަ އެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ ވެކްސިން ޖެހީ ފްރޮންޓްލައިންގައި މަސައްކަތްކުރާ މީހުންނަށެވެ. މާލެ ސަރަހައްދުގައި އުޅޭ 55 އަހަރުން މަތީގެ މީހުންނަށް ވެކްސިންދޭން މިހާރު ވަނީ ފަށާފަ އެވެ.

ދިރާގުޕޭއިން ރިލޯޑްކޮށްގެން ހިލޭ ކްރެޑިޓް ލިބޭ ޕްރޮމޯޝަނެއް!
ބައްސާމް 24 ގަޑިއިރު ނުވަނީސް އަނބުރާ ޖަލަށް ބަދަލުކޮށްފި
މާލޭގައި މާރުކޭޓު ތަރައްގީކުރަން ބަޔަކާ ހަވާލުކޮށްފި
