ފްރާންސްގެ ޑިފެންޑަރު ރަފައެލް ވަރާންގެ ދެ ލަނޑާއެކު، ސްޕެނިޝް ލަލީގާގައި ރޭ ހުއެސްކާ އަތުން 2-1 އިން ރެއާލް މެޑްރިޑް ފަހަތުން އަރި މޮޅުވެއްޖެ އެވެ.
ތާވަލްގެ ފުލުގައި އޮތް ހުއެސްކާ އިން މެޗުގައި ލީޑ ނެގީ މެޗުގެ 48 ވަނަ މިނިޓުގައި ގަލާން ގިލް ޖެހި ލަނޑާއެކު އެވެ.
މެޗުގެ 54 ވަނަ މިނިޓުގައި ރެއާލް އިން ނަތީޖާ އެއްވަރުކުރީ ވަރާން ޖެހި ލަނޑުންނެވެ. އަދި 84 ވަނަ މިނިޓުގައި އޭނާ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް، ރެއާލަށް ތިން ޕޮއިންޓް ޔަގީންކޮށްދީފަ އެެވެ.
ރެއާލް ތާވަލްގެ ދެވަނައިގައި އޮތީ 43 ޕޮއިންޓާއެކު އެވެ. ތާވަލްގެ އެއްވަނައިގައި ހަތް ޕޮއިންޓްގެ ލީޑަކާއެކު އޮތީ އެތުލެޓިކޯ މެޑްރިޑެވެ.
ރެއާލް އިން ތިން ޕޮއިންޓް މި ހޯދީ އެ ޓީމުން ފަހަކަށް އައިސް ނެރިފައިވާ ނަތިޖާތަކުގެ ސަބަބުން، ޓީމުގެ ކޯޗު ޒިނެދީން ޒިދާނަށް ޕްރެޝަރުބޮޑުވެފައި ވަނިކޮށެވެ.
ސިޔާސީ މައްސަލަތަކުގައި މިއަހަރު 12 މުވައްޒަފުން ކަނޑައިލި
"މޭ ވާޕަސް އާއުންގާ"އަށް ސިނަމާތަކުގައި ބޮޑު ތަރުހީބެއް!
ބްރޫސްގެ ސިއްހަތާ ބެހޭޭ ގޮތުން ފަތުރާ ވާހަކަތައް ދޮގު ކޮށްފި