މާލޭ ސިޓީ ކައުންސިލްގެ ދަށުން ހިންގާ އަގު ބޮޑެތި ބިޔަ މަޝްރޫއުތައް އިންފްރާސްޓްރަކްޗަ މިނިސްޓްރީގެ ދަށުން ހިންގާ ގޮތަށް ބަދަލުކުރުމަށް ސިޓީ ކައުންސިލުން މިއަދު ފާސްކޮށްފި އެވެ.
މާލެ ސިޓީގެ މޭޔަރުކަން ޕީއެންސީ ސަރުކާރަށް ގެއްލި އެމްޑީޕީ އަށް ލިބިފައިވާއިރު، ސިޓީ ކައުންސިލުން މި ނިންމުން ނިންމާފައި ވަނީ މޭޔަރު ކަމަށް އިންތިޚާބްވި އާދަމް އާޒިމް ހުވާ ކުރަން ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނިކޮށެވެ.
ސިޓީ ކައުންސިލުން މިއަދު ބޭއްވި ބައްދަލުވުމަށް މި ބަދަލު ހުށަހެޅުއްވީ ރައީސް އޮފީހުގެ ކޯޕަރޭޓް ޑިވެލޮޕްމަންޓް މިނިސްޓަރު މުހައްމަދު ޝާހިދު (ޝާޑު) އެވެ. އޭނާ އަކީ މީގެ ކުރިން ސިޓީ ކައުންސިލްގެ މުވައްޒަފެކެވެ. ކައުންސިލުން ހިންގި ޕްރޮޖެކްޓްތަކުގެ އިދާރީ ބައެއް ކަންކަން ބައްލަވަމުން ގެންދެވީ އޭނާ އެވެ.
މި ބައްދަލުވުމުގައި ޝާޑު ހުށަހެޅުއްވީ މި މަޝްރޫއުތަކުގައި ކައުންސިލުން އެއްބަސްވެފައިވާ އެއްވެސް ކަމަކަށް ބަދަލެއް ނުގެނަސް، މަޝްރޫއު މެނޭޖްކުރުން ވަގުތީ ގޮތުން މިނިސްޓްރީއާ ހަވާލުކުރުމަށެވެ. އޭނާ ބުނިގޮތުގައި މިގޮތަށް ހުށަހަޅާފައި ވަނީ މަޝްރޫއުތައް އަވަސްކުރުމަށެވެ.
މިނިސްޓްރީ އަށް ހަވާލުކުރުމަށް އޭނާ ހުށަހަޅާފައި ވަނީ 100 މިލިއަން ރުފިޔާއަށް ވުރެ މަތީ ޕްރޮޖެކްޓުތަކެވެ. އެ ޕްރޮޖެކްޓުތަކުގެ ތަފްސީލެއް ކައުންސިލުން ހާމަކޮށްފައެއް ނުވެ އެވެ.
އަންހެން ތަރިންނަށް ތަފާތު ކުރުންތަކާ ކުރިމަތިލާން ޖެހޭ: ކްރިތީ
މުޖުތަބާ ފިޔަވާ ހުރިހާ ދަރިކަލުން ހާމަނާއީގެ ޖަނާޒާގައި
ހަކުރު ބައްޔާއި ލޭގެ ޕްރެޝަރުން ލޮލުގެ ފެނުމަށް އަސަރު ކުރޭ!
