ދިވެހި ރާއްޖޭގެ ސިޔާސީ މަސްރަޙުގައި މިދިޔަ އަހަރު ވަރަށް ގިނަ ކަންކަން ހިނގައި ވަރަށް ގިނަ ސިޔާސީ ލީޑަރުން އަހަރުގެ ޝަހުސިއްޔަތުންގެ ގޮތުގައި އެކި މީހުން ހޮވައިފި އެވެ. އެކަމަކު އަހަރުގެ ހަގީގީ ސިޔާސީ ލީޑަރަކީ ކޮބައިތޯ ބަލައިފި ނަމަ ވިސްނާލައިފި ކޮންމެ މީހަކަށް އެއް ކަމެއް ސާފުވާނެ އެވެ. ޖަލުގެ ތޭރިތަކުގެ ތެރޭގައި ބަންދުވެފައި ހުންނަވަން ޖެހިވަޑައިގެންނެވި ނަމަވެސް ރައީސް އަބްދުﷲ ޔާމީންގެ ވަރުގަދަ ސިޔާސީ މަސައްކަތްޕުޅެވެ. އެމަނިކުފާނުގެ ނުގުޑާފަދަ އަޒުމެވެ. އެންމެ ފަހު ވަގުތު ވެސް އިންތިޚާބުގައި ވާދަކުރެއްވޭނެ ކަމުގެ އުއްމީދުގައި ކުރެއްވި މަސައްކަތެވެ. ރިޔާސީ ކެމްޕޭނަށް އެކުލަވާލެއްވި ވަރުގަދަ މެނިފެސްޓޯ އާއި ގައުމު އެއްގަލަކަށް އަރުވާލި ސްލޯގަން އެވެ.
އޭރު އޮތް ބާރުގަދަ ސަރުކާރާ ދެކޮޅަށް ހާހަކަށް ވުރެ ގިނަ ދުވަހު ޖަލުގައި ހުންނަވައިގެން ވެސް ރައީސް ޔާމީން ކުރެއްވި މަސައްކަތުގެ ފޮނުމީރުކަން ބައެއް މީހުންނަށް ލިބުނު ނަމަވެސް ހަގީގީ މޭސްތިރިޔަކީ ރައީސް ޔާމީނެވެ. އެމަނިކުފާނުގެ ވިސްނުންފުޅެވެ. އެމަނިކުފާނަށް އޮތް ތާއީދެވެ. ފަސް އަހަރުގެ ވެރިކަމެއްގައި ރައީސް ޔާމީން ގައުމު ތަރައްގީ ކުރަން ހިންގެވި ބިޔަ މަޝްރޫއުތައް ރައްޔިތުން ބަލައިގަތުމެވެ.
ހައްތަހާ ވެސް ފެނިގެން ދިޔައީ ރައީސް ޔާމީންގެ ހިޔަނީގައި ކުޅުއްވި ބޭފުޅުންނެވެ. ވެރިކަމަށް ކެމްޕޭން ކުރެއްވި އިރު ވެސް ދެއްކެވީ ރައީސް ޔާމީން ގެނެސްދެއްވި ތަރައްގީ ދަމަހައްޓަވާނެ ވާހަކަ އެވެ. ވެރިކަން ލިބިއްޖެ ނަމަ ފުރަތަމަ ވެސް ފުއްދަވާނެ ވައުދަކީ އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ނުހައްގު ހުކުމުން މިނިވަންކޮށްދޭނެ ވާހަކަ އެވެ. ދެއްކެވިހާ ވެސް ވާހަކައަކީ ރައީސް ޔާމީން މިނިވަން ނުވެ ހޭދަވާ ކޮންމެ ދުވަހަކީ ޝަރުއީ ނިޒާމުގެ މައްޗަށް ސަރުކާރުގެ ނުފޫޒު އޮތް މިންވަރު އަންގައިދޭ ކަމެއް ކަމަށެވެ.
ހަގީގަތުގައި ރައްޔިތުން ބަލައިގަތީ ޕީޕީއެމް/ޕީއެންސީން ނެރުނު ރިޔާސީ ކެންޑިޑޭޓެއް ނޫނެވެ. ރައްޔިތުން ވޯޓު ދިނީ ރައީސް ޔާމީން މިނިވަން ކުރައްވާނެ ކަމަށްވެވަޑައިގެންނެވި ވައުދަށެވެ. އެ ވައުދު ނުފުއްދަވާ ހޭދަވެގެންދާ ކޮންމެ ވަގުތަކީ ސަރުކާރުގެ ގާނޫނީ ސައްހަކަމާ މެދު ސުވާލު އުފައްދަން ޖާގަ ލިބޭ ކަމެކެވެ.
މުޅި ކެމްޕޭނުގެ މައިގަނޑު އަސާސް ބިނާވެފައި އޮތީ ރައީސް ޔާމީން ޖަލުގައި ހުންނެވުމުން އެތައް ބަޔަކަށް ލިބޭ މާޔޫސްކަމުގެ މައްޗަށެެވެ. އެމަނިކުފާނަށްޓަކައި ކޮންމެ ޖަލްސާއެއްގައި ބެހެއްޓި ހުސް ގޮނޑިއަކީ އާޚިރުގައި ރައީސް ޔާމީނަށް ޚާއްސަ ކުރާނެ ގޮނޑިއެއް ކަމެވެ.
ކެމްޕޭން ޕޯސްޓަރުތަކުގައި ކެންޑިޑޭޓަށް ވުރެ ބޮޑުކޮށް ހުރީ ރައީސް ޔާމީންގެ ފޮޓޯފުޅެެވެ. ނިމިގެން ދިޔައ ރިޔާސީ އިންތިޚާބުގެ ނަތީޖާއިން ސާފުވި އެއް ކަމަކީ ރާއްޖޭގެ ވޯޓުލެވޭ އާބާދީގެ ބޮޑު އަޣުލަބިއްޔަތު ބޭނުންވީ ރައީސް ޔާމީނަށް އިންސާފު ހޯދައިދީ އެމަނިކުފާން މިނިވަން ކުރުމަށް ކަމަށެވެ.
ރިޔާސީ އިންތިޚާބުގައި ކެމްޕޭން ކުރަން ބޭނުންކުރީ ރައީސް ޔާމީންގެ އަމިއްލަ ސިޔާސީ ޕާޓީ އެވެ. ވިއްކެވީ ރައީސް ޔާމީންގެ މެނިފެސްޓޯ އެވެ. ކެމްޕޭންގެ ރިސޯސަސް އަށް ބޭނުން ކުރީ ވޭތުވެދިޔަ ފަސް އަހަރު ރައީސް ޔާމީން މަސައްކަތުން ހޯއްދެވި ތަކެއްޗެވެ. ވޯޓު ދިނީ ރައީސް ޔާމީނަށް އޮތް ބޮޑު ތާއީދާއި ވަފާތެރި ސަޕޯޓަރުންނެވެ.
މި ހުރިހާ ކަމަކަށް ބަލައި އަހަރުގެ ހަގީގީ ސިޔާސީ ލީޑަރަކީ ހަމަ ރައީސް ޔާމީނެވެ. އެމަނިކުފާނަކީ މީހެއްގެ މޮއިހިރުން އުފެދުނު ޝަޚުސިއްޔަތެއް ނޫނެވެ. އަދި އެއީ ހިޔަނެއްގެ ގޮތަށް އަައި ޝަޚުސިއްޔަތެއް ވެސް ނޫނެވެ.
ރައީސް ޔާންޓޭ ޒިންދާބާދު މުނާފިގު މުއިއްޒު އަޒުލްކުރޭ ރައީސް ޔާންޓޭ ޒިންދާބާދު މުނާފިގު މުއިއްޒު އަޒުލްކުރޭ ރައީސް ޔާންޓޭ ޒިންދާބާދު މުނާފިގު މުއިއްޒު އަޒުލްކުރޭ ރައީސް ޔާންޓޭ ޒިންދާބާދު މުނާފިގު މުއިއްޒު އަޒުލްކުރޭ ރައީސް ޔާންޓޭ ޒިންދާބާދު މުނާފިގު މުއިއްޒު އަޒުލްކުރޭ ރައީސް ޔާންޓޭ ޒިންދާބާދު މުނާފިގު މުއިއްޒު އަޒުލްކުރޭ