ފާއިތުވި ފަސް އަހަރު ތެރޭގައި ގިނަ މުވައްޒަފުންތަކެއް ނަގާފައިވުމުން މުސާރައަށް ކުރާ ހޭދަ އިތުރުވުމުން ކުންފުންޏަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވަމުން އަންނަ ކަމަށާއި މުސާރައަށް ކުރާ ހޭދަ ކުޑަނުކޮށް ކުންފުނި ސަލާމަތް ނުކުރެވޭނެ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު އިއްޔެ ވިދާޅުވެއްޖެ އެވެ.
ފެނަކަ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއާޒް ވިދާޅުވީ ފެނަކައިގައި ވަރަށް ގިނަ އަދަދަކަށް މުވައްޒަފުން އެބަތިބި ކަމަށެވެ. އެގޮތުން 2018 ވަނަ އަހަރު ނިމުނު އިރު އެ ކުންފުނީގައި 2،700 ސްޓާފުން ތިބި ނަމަވެސް އާ މެނޭޖްމެންޓުން ފެނަކައާ ހަވާލުވި އިރު މުވައްޒަފުންގެ އަދަދު 8،100 އަށް އިތުރުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ފެނަކަ އިން ކުރީގައި މުސާރައިގެ ގޮތުގައި އެވްރެޖްކޮށް މަހަކަށް 20 މިލިއަން ރުފިޔާ ހޭދަކުރި ނަމަވެސް މިހާރު އެވްރެޖުކޮށް 74 މިލިއަން ރުފިޔާ މަހަކަށް ހޭދަކުރަންޖެހިފައިވާ ކަމަށް މުއާޒު ވިދާޅުވި އެވެ.
އަލީ ރަމީޒު ރައީސް މުއިއްޒުގެ ސަރުކާރާ މެދު ހިތްހަމަނުޖެހުނީ؟
އަލީ ރަމީޒް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ރައީސް މުއިއްޒާ ދެކޮޅަށް ފާޅުގައި ނުކުންނަވައި ކެމްޕެއިން ކުރި ބައެއް މީހުންނަށް ބޮޑެތި މަގާމުތައް ދެމުން ދަނީ ކޮން އެޖެންޑާއެއްގެ ދަށުންތޯ ސުވާލު ކޮށްފަ އެވެ. އެއީ ކޮން ބައެއް ކަމެއް އަދި އޭގެ އިތުރު އެއްވެސް ތަފްސީލެއް އަލީ ރަމީޒް ހާމަކޮށްފައެއް ނުވެ އެވެ.
މާފުށީ ޖަލުގައި ހަމަނުޖެހުން ހިނގައި އޮފިސަރުންނާއި ގައިދީންތަކަކަށް އަނިޔާވެއްޖެ
ކަރެކްޝަންސްގެ މީޑިއާ އޮފިސަރު ވިދާޅުވީ މާފުށި ޖަލުގެ ކޮޅިތައް ބަލައި ފާސްކުރި އާންމު އުސޫލުގެ ތެރެއިން ކަމަށެވެ. މިގޮތަށް ބަލާ ފާސްކުރާ ކޮންމެ ފަހަރަކު ގައިދީން އޮފިސަރުންނަށް ހަމަލާ ދިނުމަށް މަސައްކަތް ކުރާ ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.
ވެހިކަލް ގިނަވުމުގެ މައްސަލަ ހައްލު ކުރަން ކޮމިޓީއެއް އެކުލަވާލައިފި
ޓްރާންސްޕޯޓް މިނިސްޓްރީން އިއްޔެ ބުނީ ގްރޭޓާ މާލެ ސަރަހައްދުގައި އެއްގަމުގައި ދުއްވާ އުޅަނދުތައް ގިނަވުމުގެ ސަބަބުން ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލު ކުރުމަށް މިހާރުން މިހާރަށް އެޅިދާނެ ފިޔަވަޅުތައް ދެނެގަނެ އަމަލީ ފިޔަވަޅުތައް އެޅުމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީންގެ އިސް ނެންގެވުމުގެ މަތިން މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
ގުޅިފަޅު ހިއްކުން ނުހުއްޓޭ، މިހާތަނަށް 90 ހެކްޓަރު ހިއްކައިފި: މުއްތަލިބު
އެކްސްގައި ކުރި ޕޯސްޓެއްގައި މުއްތަލިބު ވިދާޅުވީ ގުޅިފަޅު ހިއްކުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ ބިން ހިއްކުމުގެ މަސައްކަތް އަވަހަށް ނިންމައި، އެތަނުގެ އުމްރާނީ ތަރައްގީގެ މަސައްކަތްތައް ފެށުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކެންސަރު ހޮސްޕިޓަލް މާލޭގައި އަޅަން ނިންމި ނިންމުން ބަދަލުކުރަން ގޮވާލައިފި
ވިސާމް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ގަމުގައި ގާއިމު ކުރުމަށް ނިންމި ކެންސަރު ހޮސްޕިޓަލްގެ ދިރާސާތައް ނިމިފައި އޮއްވައި އެ ހޮސްޕިޓަލް މާލެ ސަރަހައްދަށް ބަދަލު ކުރަން ނިންމި ނިންމުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށެވެ.