ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ފާޑު ކިޔައި ނޫސްތަކުގައި "ތަޅު" އަޅުވަން ފެށުމާ ގުޅިގެން ނޫސްވެރިންގެ ދިފާއުގައި މަސައްކަތް ކުރަމުން އަންނަ މުއައްސަސާތަކާއި ޖަމިއްޔާތަކުން ސަރުކާރަށް "ބަވަން" ފަށައިފި އެވެ.
ސަރުކާރަށް ފާޑުކިޔައި ހަބަރުތައް ގެނެސްދޭ ދެ ވެބްސައިޓު ކަމަށްވާ ކުރުސީ.ކޮމް އާއި ދިޔަވަރު.ކޮމް ސަރުކާރުން ބްލޮކްކޮށްފައިވާ އިރު، ރަޖިސްޓްރީކޮށްގެން ހިންގާ ނޫހެއް ކަމަށްވާ "ފުރަތަމަ" ނޫސް ވެސް މި ސަރުކާރުން އިއްޔެ ބްލޮކްކޮށްފަ އެވެ. މި މައްސަލައިގައި ގިނަ ބައެއްގެ ފާޑު ކިއުން ސަރުކާރުގެ އިސްވެރިންނަށް ދަނީ ވަރަށް ބޮޑަށް އަމާޒުވަމުންނެވެ
ނާއިޝް ގެއްލުނު ހަބަރު ރިޕޯޓްކުރީ އެކުވެރިޔާ ފަތާފައި ގޮސް
އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑަރު ކާނަލް މުހައްމަދު ޖަމްޝާދު ވިދާޅުވީ އިއްޔެ ރޭގެ ހާދިސާ ރިޕޯޓުކޮށްފައިވަނީ އެވަގުތު ނައީޝް އާއެކު، މޫދުގައި އުޅުނު މަރަދޫއަށް ނިސްބަތްވާ މުހައްމަދު ޝިމާން ފަތާފައި ގޮސް ސަދަން އޭރިއާ ކޮމާންޑަށް އަރައި ކަމަށެވެ
ސަރުކާރަށް ފާޑު ކިއުމުގެ މިނިވަންކަން ތަންމިނަށް އޮންނަން ޖެހޭ: އެމްޑީޕީ
އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ މިނިވަންކަމާއެކު ފިކުރުކުރުމާއި، ޚިޔާލު ފާޅު ކުރުމަކީ ގާނޫނުއަސާސީން ކޮންމެ ދިވެހި ރައްޔިތަކަށް ކަށަވަރު ކޮށްދީފައި އަސާސީ ހައްގެއް ކަމަށެވެ.
މާފުށީ ޖަލުގައި ގައިދީންތަކެއް ހަޅުތާލު ކުރާތާ 3 ދުވަސް!
މޯލްޑިވްސް ހިއުމަން ރައިޓްސް އެންޑް ޑިޓެއިނީ ވޮޗް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ގައިދީން ހަޅުތާލު ކުރަން ފެށިތާ މިއަދަށް ތިން ދުވަސް ވެފައިވާ ކަމަށާއި އެ ހަޅުތާލު ހިންގަން ފެށީ ޖަލުގެ ޔުނިޓް 10 ގައި ތިބި ފަސް ގައިދީއަކާ މެދު މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ތަފާތު ކުރަމުންދާތީ ކަމަށެވެ.
ރަޖިސްޓްރީކޮށްފައިވާ ނޫހެއް ބްލޮކެއް ނުކުރާނެ ކަމަށް ވިދާޅުވެ ޝަހީބު ހެއްދެވީ އިތުރުފުޅެއް
ޝަހީބު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގާނޫނާއި ގަވައިދުތަކުގެ ދަށުން ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ އެއްވެސް ނޫސް/މަޖައްލާއެއް ސަރުކާރުން ބަންދެއްވެސް އަދި ބްލޮކެއް ވެސް ނުކުރާނެ ކަމަށެވެ.
ސަރުކާރުގެ ބައެއް ނިންމުންތަކަށް ފާޑުކިޔައި ކޮރަޕްޝަންއާ ގުޅޭ ލިޔުންތަކެއް ޝާއިއު ކުރަމުން އައި ކުރުސީ.ކޮމް އާއި ދިޔަވަރު.ކޮމްއަށް ރެއިން ފެށިގެން ނުވަދެވޭ ގޮތް ހެދި އެވެ.
ރެއިން ފެށިގެން ބްލޮކް ކުރި ތިން ވަނަ ވެބްސައިޓަކީ ފުރަތަމަ.ކޮމް އެވެ. އެ ސައިޓުގެ ގިނަ ހަބަރުތަކަކީ ވެސް ސަރުކާރާ ދެކޮޅަށް ހަބަރު ގެނެސްދޭ ވެބްސައިޓެކެވެ.