ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރާ މާސްޓަކާޑު ބޭނުންކުރައްވާ ކަސްޓަމަރުންނަށް މިއަދު ޕްރޮމޯޝަންއެއް ފަށައިފި އެވެ.
ބީއެމްއެލްއިން ބުނީ ކޮންމެ ހަފްތާއަކު މާސްޓާކާޑުން މަދުވެގެން 500 ރުފިޔާގެ ވިޔަފާރިކޮށްގެން ލަކީ ޑްރޯގައި ބަރިވެރިވެރިވުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބޭނެ ކަމަށެވެ. އަދި ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ އެއް ފަރާތަކަށް އައިފޯން 15 ޕްރޯ އެއް ލިބޭނެ ކަމަށް ވެސް ބީއެމްއެލްއިން ބުނެ އެވެ.
މާސްޓަކާޑު ޑެބިޓް އަދި ކްރެޑިޓް ބޭނުންކުރާ ކަސްޓަމަރުންނަށް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ އެވެ. އަދި މި ޕްރޮމޯޝަން ކުރިޔަށްދާނީ މިއަދުން ފެށިގެން އަންނަ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށެވެ.
ބޮލީވުޑް: 90ގެ އަހަރުތަކުގައި އެންމެ އަގުބޮޑު ތަރިން!
ކެއުމުގައި ތަފާތު ރަހަތައް ހިމަނަން ޖެހެނީ މިހެންވެ!
ޔަހޫދީންގެ ހަމަލާތަކުގައި އީރާނުގެ 210 ކުޑަކުދިން މަރުވެފައިވޭ