މީހަކު ރަހީނުކޮށް އޭނާއަށް އަނިޔާކުރި މައްސަލައެއްގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައި ވަނީ 25 އަހާރައި 27 އަހަރާއި 26 އަހަރުގެ ތިން ދިވެހި ފިރިހެނުން ކަމަށެވެ. މި މައްސަލައިގައި އެ ތިން މީހުންގެ ބަންދަށް ގޮތެއް ނިންމައިދޭން ފުލުހުން އެ މީހުން ކޯޓަށް ހާޒިރު ކުރުމުން އެކަކަށް 12 ދުވަސް އަނެއް ދެ މީހުންގެ ބަންދަށް ފަސް ދުވަސް ކޯޓުން ދީފައި ވެ އެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ. މިމައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައިނުވެ އެވެ.
ފަހަކަށް އައިސް މާލޭގައި މީހުން ރަހީނު ކުރުމުގެ ހާދިސާތައް އަންނަނީ އިތުރުވަމުންނެވެ.
ޖަރުމަނު ވޯލްޑް ކަޕް ފެށި ހަތް ލަނޑާއެކު
ސަލްމާންގެ އާ "ލުކް"އާއެކު "ތޭރޭ ނާމް"ގެ ހަނދާންތައް އާކޮށްދީފި
ޝަކީރާއަށް ވުރެ ނޯރާގެ މަގުބޫލުކަން މާ ބޮޑުވެއްޖެ