އެމްއެންޑީއެފްގެ ސަދަން އޭރިއާ ކޮމާންޑްގެ ކޮމާންޑަރުގެ މަގާމަށް އާ ބޭފުޅަކު އައްޔަނު ކުރައްވައިފި އެވެ.
އެމްއެންޑީއެފް އިން މިރޭ ބުނި ގޮތުގައި އެ މަގާމަށް އައްޔަން ކުރެއްވީ ނަލް މުހައްމަދު ޖަމްޝާދެވެ.
އެ މަގާމަށް ކާނަލް ޖަމްޝާދު ހަމަޖެއްސެވި ކަމުގެ ލިޔުން ހަވާލު ކުރައްވާފައިވަނީ ޗީފް އޮފް ޑިފެންސް ފޯސް އަބްދުއްރަހީމް އަބްދުލްލަތީފެވެ.
ސިފައިންގޭގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ރައީސް އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ ބޭފުޅަކު އައްޔަން ކުރައްވައިފަ އެވެ.
ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ރައީސް އައްޔަން ކުރެއްވެވީ ބްރިގޭޑިއާ ޖެނެރަލް އިބްރާހީމް ހިލްމީ އެވެ.
ވަގަށް ގެނައި ހާހަކަށް ވުރެ ގިނަ ވޭޕް އަތުލައިގެންފި
"ދަ ސިމްޕްސަންސް"އިން ފައިނަލްގެ ދެ ޓީމު ދިމާ ކުރީތަ؟
އީރާނުން "ގޯސްކޮށް" އުޅޭނަމަ ބޮން އަޅާނަން: ޓްރަމްޕް