ކަރަންފުލަކީ ދިވެހިން ދުފުމަށް ވަރަށް ގިނައިން ބޭނުންކުރާ ބާވަތެކެވެ. ނަމަވެސް މިއީ ކަރަންފޫ ބޭނުން ކުރަން އޮތް އެންމެ ރަނގަޅު ގޮތެއް ނޫނެވެ. ކަރަންފުލަކީ އެންމެ ރަނގަޅު ގޮތުގައި ބޭނުން ކޮށްފި ނަމަ އެއިން އެތައް ގިނަގުނަ ސިއްހީ ފައިދާތަކެއް ލިބޭ އެއްޗެކެވެ.
ހަށިގަނޑުން ވިހަ މާއްދާތައް ބޭރު ކުރުން
ކަރަންފުލަކީ ގިނަ އަދަދަކަށް އެންޓި އޮކްސިޑަންޓްސް ހިމެނޭ އެއްޗަކަށް ވުމާއެކު ހަށިގަނޑުގައިވާ ވިހަ މާއްދާތައް ބޭރު ކުރަން އެހީވެދެ އެވެ. މިކަމުގެ ސަބަބުން ހަށިގަނޑުގެ ދިފާއީ ނިޒާމް ވަރުގަދަވެ ބަލިތަކާ ދުރުވެ އެވެ.
ހަކުރު ކޮންޓްރޯލް ކުރުން
ކަރަންފުލުގައި އެކުލެވޭ އިގުނޯލް ނަމަކަށް ކިޔާ މާއްދާއަކީ ލޭގައި ހުންނަ ހަކުރުގެ މިންވަރު ދަށް ކުރުމަށް އެހީވެދޭ މާއްދާއެކެވެ. އެހެން ކަމުން ހުހަށް ދެތިން ކަރަންފޫ ކާލުމަކީ ހަކުރު ބަލި ހުންނަ މީހުންގެ ހަކުރު އެއްވަރެއްގައި ބެހެއްޓުމަށް އެހީވެދޭނެ ކަމެކެވެ.
ހަށިގަނޑަށް ފައިދާހުރި މާއްދާތަކެއް ލިބުން
ކަރަންފުލަކީ އިންސާނުންގެ ހަށިގަނޑަށް ބޭނުންވާ ގިނަ މާއްދާތަކެއް އެކުލެވިގެންވާ އެއްޗެކެވެ. އެގޮތުން ކަށިތަކުގެ ސިއްހަތު ވަރުގަދަ ކޮށްދޭ މެގްނީޒިއަމްއާއި ވިޓަމިން ކޭ އަދި ޕޮޓޭސިއަމްއަކީ ކަރަންފުލުގައި ހިމެނޭ މާއްދާ ތަކެވެ.