ފުށިދިއްގަރުފަޅުގެ މަޝްރޫއަށް އެއްބާރުލުން ދެވޭނީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ދީފައިވާ ގޯތިތަކަށް އަސާސީ ހިދުމަތްތަކާއެކު އާބާދުވެވޭނެ ގޮތް ހަމަޖައްސައިދިނުމުން ކަމަށް ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވިދާޅުވެއްޖެ އެވެ.
މިއަދު ކުރެއްވި ޓްވީޓެއްގައި އިކްރާމް ވިދާޅުވީ ކުރީގެ ސަރުކާރުން ދިން ގޯތިތަކުގައި މީހުންނަށް ދިރިއުޅެވޭނެ ގޮތް ހަމަޖައްސައިދީ މާލެއިން ގިރާވަރުފަޅާ ހަމައަށް ބްރިޖަކުން ގުޅާލަން ޖެހޭ ކަމަށެވެ.
އެކަންކަން ފުރިހަމަކުރުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވާ ފުށިދިއްގަރުގެ މަޝްރޫއު ހިންގަން އެމްޑީޕީން އެއްބާރުލުން ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ފުށިދިއްގަރުފަޅު ހިއްކުމަށް ބަޖެޓްގައި ހިމަނާފައިވާ ފައިސާ އެ މަޝްރޫއުން އުނިކޮށް ރައީސް ސޯލިހު ފައްޓަވާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް އެ ފައިސާ ބަހާލުމަށް ބަޖެޓް ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.
ފަހިދިރިއުޅުން ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވެސް ވަނީ އެކަމާ ކަންބޮޑުވުންފާޅުކުރައްވާފަ އެވެ.
ހަމްދާން ވިދާޅުވީ ދައުލަތުގެ ބަޖެޓުން ފުށިދިއްގަރުފަޅު ޕްރޮޖެކްޓް އުނިކުރަން އެމްޑީޕީ މެޖޯރިޓީ އޮތް ބަޖެޓް ކޮމިޓީން ނިންމި ނިންމުމަކީ ދިވެހި ރައްޔިތުންގެ ބޯހިޔާވަހިކަމުގެ އުންމީދުތަކުގައި ކޮޅުފައިން ޖެހުން ކަމަށެވެ.
ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް "ލިމިޓްލެސް ބޫސްޓާސް"
ސަރުކާރުން ކޯޓްތަކަށް ނުފޫޒު ފޯރުވައޭ ބުނާނެ މީހަކު ނެތް: ރައީސް
ކެއިންބުއިމުގައި ދޮންކެޔޮ ހިމަނަންވީ 5 ސަބަބެއް!

އެއީ ރައީސް ބަޖެޓުން ހަރަދުނުކޮށް ކުރައްވަން ވައުދުވި ޕްރޮޖެކްޓެކެވެ. އެހެން ނޫނަސް މާލޭ މީހުންނަށް ބޯ ހިތާވަހިކަން ދޭން ވާދޫ ކަނޑުގެ އަނެއްފަޅީގައި ފަޅެއް ހިއްކުމަކީ ބޮޑު އިސްރާފެކެވެ. ބްރިޖެއް އެޅެންނެތް ހިސާބެއްގައި ތަނެއް ހިއްކުމަށްވުރެން މިއަތޮޅު ކާށިދޫން ގޯތި ދިނަސްވާނީ އެއްގޮތެވެ.