ހުޅުމާލޭގެ ބެލެނިވެރި ފަރާތެއްގެ ގޮތުގައި އޮވެ ގިނަ ހިދުމަތްތަކެއް އާއްމުންނަށާއި ވިޔަފާރިތަކަށް ފޯރުކޮށްދެމުންގެންދާ އާބަންކޯ އާ ގުޅޭ ގޮތުން އާއްމުންގެ މެދުގައި އުފެދިފައިވާ ސުވާލުތަކާއި ޝަކުވާތަކަށް އަވަސް ހައްލެއް ހޯދައިދީ، ހާމަކަން ބޮޑު ގޮތެއްގައި ހިދުމަތްތައް ދިނުމުގެ ގޮތުން، އާސްކް އެމްޑީ މެދުވެރިކޮށް ސުވާލާއި ހިޔާލު އަދި ޝަކުވާ ސީދާ މެނޭޖިން ޑިރެކްޓަރަށް ހުށަހެޅުމަށް މިހާރު ވަނީ ހުޅުވާލެވިފަ އެވެ.
އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދަށް ސީދާ ސުވާލާއި ހިޔާލު އަދި ޝަކުވާ ފޮނުވޭނެ ގޮތް ހެދުމަށް އެކަމަށް ހާއްސަ އިމެއިލް އެޑްރެސެއް މިހާރު ވަނީ ހަމަޖައްސާފަ އެވެ. އެގޮތުން، [email protected] އަށް ކުރައްވާ މެއިލްތަކަށް ސީދާ އެމްޑީ ޖަވާބުދާރީވެ މައްސަލަތަކާއި ހިޔާލުތަކަށް ހެޔޮ ގޮތްތަކެއް ހޯދައިދޭނެ ކަމުގެ ޔަގީންކަން ފަޒުލް ވަނީ އަރުވާފަ އެވެ.
މިހާރުވެސް ރައްޔިތުންނާ ގުޅުން ހުރި ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާ އާބަންކޯގެ ހިންގުމަށް ބަދަލުތައް ގެނެސް، ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންނަށް ފެންވަރު ރަނގަޅު ހިދުމަތެއް ދިނުމަށް އެ ކޯޕަރޭޝަންގެ މެނޭޖްމަންޓުން މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ.

އިންތިހާބާ ދިމާކޮށް އާރުޑީސީއަށް ގިނަ މުވައްޒަފުން ނަގަނީ
އިމާމުވެ ހުކުރު ކުރުމުގެ ހުއްދަ އިތުރު 26 ކުއްޖަކަށް
އާތިފް އަސްލަމްގެ ބަންގީގެ އަޑަށް ތައުރީފް އޮހެނީ!

އެކަމަކު މީނަ ކައިރީގަ ބުނާތި އާޔަތް ނުކިއާށޭ