ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޕީޕީއެމް ދޫކުރެއްވީ އަމިއްލަފުޅަށް ކަމަށް ވިދާޅުވެ، އެމަނިކުފާނު މިނިވަން ކުރުމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރެއްވި ސުވާލަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ޖަވާބެއް ނުދެއްވި އެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަކުރާރުކޮށް ނޫސްވެރިން ވަނީ ރައީސް ޔާމީނާ ގުޅޭގޮތުން އަދުރޭ އާ ސުވާލު ކުރައްވާފަ އެވެ. ޖަވާބުގައި ހަމައެކަނި އޭނާ ވިދާޅުވީ ރައީސް ޔާމީން ޕީޕީއެމް ދޫކުރެއްވީ އަމިއްލަފުޅަށް ކަމަށެވެ.
އަދުރޭ އެފަދައިން ވިދާޅުވުމުން ނޫސްވެރިއަކު ވަނީ ރައީސް ޔާމީން މިނިވަންކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއް ކަމާއި އެ ވައުދު ފުއްދަން މަސައްކަތް ކުރާ ތަނެއް ނުފެންނަ ކަމަށް ސުވާލު ކޮށްފަ އެވެ.
ނަމަވެސް އެ ސުވާލަށް އަދުރޭ ޖަވާބެއް ނުދެއްވި އެވެ. އޭނާ ވިދާޅުވީ ޝަރުއީ ދާއިރާއަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާނެ ކަމަށެވެ.
ރައީސް މުއިއްޒުގެ ކެމްޕޭން ތެރޭގައި ޖަލްސާތަކުގައި ވާހަކަދެއްކި އެންމެން ވެސް ވާހަކަފަށަނީ ރައީސް ޔާމީންގެ ނަމުންނެވެ. އެމަނިކުފާނަށް ތައުރީފުގެ އެތަކެއް ބަސްތަކެއް ރައްދު ކުރަމުންނެވެ. އެކަމަކު މިއަދު ރާގު މުޅިން ބަދަލުވެއްޖެ އެވެ. ޔާމީންގެ ނަމެއް ވެސް ކިޔާލަން ބޭނުމެއް ނުވެ އެވެ.
މުއިއްޒު އެމްޑީޕީ އަކީ އެއްވެސް ބައެއް ނޫން ކަމަށް ހަދާ މަޖްލީހަށް ރައްޔިތުން ހޮވާފައިވާ ޕީޕީއެމް މެމްބަރުން ނަށް ފިލި ޖަހައިގެން އެމެންނަށް ވަޒީރު ކަން ދީގެން އެމެން މަޖްލީހުގެ މެމްބަރު ކަމުން ވަކިކުރުމުން ވާނެ ހަތަރެތި މިއޮށްގެންވަނީއޭ މަމެންނަށް ރަނގަޅީ މުއިއްޒުގެ ޕަޕެޓުން ގޮތަށް މަސައްކަތް ކުރާ ވަޒީރުން ނަށް ވެސް އެމްޑީޕީން ރުހުން ނުދޭނެ ކަމަށޭ އިބޫ ފަކީރު ރައްޔިތުންނަށް ދިން ފްލެޓްސް ތައް ވެސް މުއިއްޒު ފޭރިގަތީއޭ އޭގެ ބަދަލުހިފާށޭ
މިއަދުގެ ޙާލަތަށް ބަލާއިރު ރާއްޖޭގެ ސިޔާސީ މަސްރަޙައް ބަލާއިރު ރައީސް އަބްދުﷲ ޔާމީނު އާއި ދެކޮޅަށް މުއިއްޒު އާއި އަދުރޭގެ މަސައްކަތްތައް ވިސްނާލައިފިނަމަ އިޒުރޭލް އާއި ފަލަސްތީނުއާއި އެއްފަދަ ކުރެވިދާނެއެވެ އެއްކަމަކަށް އިންސާނީ ކަރާމާތް ، އިންސާނީ ޙައްޤު ، ރައީސް އަބްދުﷲ ޔާމީނު އާއި ގުޅޭގޮތުން ކެމްޕޭން ގައި އަދުރޭ އާއި މުއިއްޒު ދެއްކި ވާހަކަ މިހެން ލިޔަންވެއްޖެނަމަ ވަރަށްދިގު ސިޔާސީ ވިސްނުމަކަށް ނުގޮސް ޢިޖުތިމާޢީ ވިސްނުމެއްގައި ކިއުންތެރިން ޚިޔާލު ކޮށްލައްވާ
އަދުރޭ އަށް ވަރަށް ރަގަނޅަށް ސައިޒު ދައްކާލާނަން މަޖިލިސް އިންތިޚާބުގަ، ޓިނު އަދުރޭގެ އަމާ ތަނެއްނޫން މިަގައުމަކީ ރައީސް ޔާމީނޭ ކިޔަން ލަދުން ތިބޭ، މި ނިކުންނަނީ މަޖިލީސް އިންތިޚާބުގެ ކުރީން މި މަޖިލީސް ތެރެއިން ބަދަލު ކޮއްލަން އެއިރުން އޮންނާނީ އަމާ އަދުރޭއަށް ވެފަ ވަރަށް ސަލާމް ޓިނު އަދޭ
ބަޔަކު ޕާރޓީ އުފައްދާތީވެ ކަންބޮޑު ނުވެއޭ ބުންނަސް އެކަން އެހެން ނުވާނެއޭ ހަމަ އަސަރުކުރާނެއޭ ޕީޕީއެމް ޕީއެންސީ އަށް މަޖްލީހުގެ 3 ގޮނޑިވެސް ލިބޭނެ ކަމާއި މެދު ޝައްކޭ މާލޭގެ މޭޔަރު ކަން ވެސް ޕީޕީއެމް އަށް ނުލިބޭނެއޭ އެމަގާމް ނަގާނީ އެމްޑީޕީން އާޒިމް ބަލަން ތިބޭތި މުނާފިގުންނޭ މުނާފިގުންނޭ މުނާފިގުންނޭ
ރައީސް ޔާމީނަށް ޚިޔާނާތްތެރި ވި ބަޔަކު ރައްޔިތުންނަށް ޚިޔާނާތްތެރި ނުވެ ނުދާނެއޭ އެއީ ޔަގީން ކަމެކޭ އަދުރޭ ގެ އާއިލާ އެންމެނަށް ސަރުކާރުގެ މިނިސްޓަރު ކަންދީގެން ބްރޯކެން އިންގްލިޝް އިން ފަރ ޢޭނާގެ ދަރި ވާހަކަ ދެއްކިއަސް އެކަން ރައްޔިތުން ބަލައި ނުގަންނާނެއަެ ވެރިކަމަށް މަސް ދުވަސްވާއިރު އިންޑިއާ ސިފައިން ތިބި އަދަދު ހާމަނުކުރެވުނު ބަޔަކަށް ދެން ރައްޔިތުންނަށް ރަނގަޅަށް ކަމެއް ކޮށް ނުދެވޭނެއޭ މުޅިން މުނާފިގުންނޭ ވަޒީރުންނަށް ތިބީ ވެސް މުނާފިގޭ
މި ފަހަރު އެންމެ ގިނަ ގޮނޑި ނަގާނީ އެމްޑީޕީން ބަލަން ތިބޭތި އެމްޑީޕީ އަށް ވޯޓްލި 110 ހާސް މީހުން އަދިވެސް ތިބީ އެގޮތުގައޭ މުއިއްޒު އަށް ދިން ވޯޓެއް ނޫން އެއީ ރައީސް ޔާމީނަށް ދިން ވޯޓް މުއިއްޒު ރައީސް ޔާމީނަށް ޚިޔާނާތްތެރި ވިނަމަވެސް ރައްޔިތުން ތިބީ ޚިޔާނާތް ތެރިވާ ގޮތަށް ނޫނޭ އެކަން މިހާރުވެސް ފެނެއޭ އަދި މުއިއްޒު ރާއްޖެތެރެއަށް ދަތުރުކުރަން ފެށުމުން އެކަން ބޮޑަށް އިނގ3ނެ ގޮނޑި ހިފައިގެން މުއިއްޒު ފަހަތުން ރައްޔިތުން ހޯބޯ ލަވަމުން ދާން ފެށުމުން..