މޯލްޑިވް ކޭސްގެ އެކްޓިން އެމްޑީ އަލީ އިކްރާމްގެ މައްސަލައެއް ބަލަމުން އަންނަ ކަމަށް އެސްޓީއޯ އިން ބުނެފި އެވެ.
އެސްޓީއޯގެ އޮފިޝަލަކު ވިދާޅުވީ އިކްރާމްގެ މައްސަލައެއް ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް އޮފިޝަލް ވިދާޅެއް ނުވެ އެވެ.
މޯލްޑިވް ކޭސް އަކީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްޓިން އެމްޑީ އިކްރާމް މިހާރު ހުންނެވީ ޗުއްޓީގަ އެވެ.
އެނގިފައިވާ ގޮތުގައި އޭނައާ ގުޅޭގޮތުން ބަލަމުން އަންނަނީ ޖިންސީ ފުރައްސާރައިގެ މައްސަލައެކެވެ. އެ މައްސަލައިގެ ތަފްސީލެއް އަދި ނޭނގެ އެވެ.
އެ ކުންފުނީގެ އެމްޑީ ޝަޒައިލް ޝިޔާމް ވަނީ މިދިޔަ އަހަރުގެ ތެރޭގައި ކޮރަޕްޝަންގެ މައްސަލައަކާ ގުޅިގެން ސަސްޕެންޑުކޮށްފަ އެވެ.
ޕްރިޔަންކާއަށް "ގްލޯބަލް ވެންގާޑް" އެވޯޑް ލިބިއްޖެ
33 އަހަރަށްފަހު "ދަ ލޭޓް ޝޯ" ހުއްޓާލަނީ!
ދެ ނޫސްވެރިން ޖަލަށް ލުމަކީ ހެދި ބޮޑު ގޯހެއް: ސުއޫދު
