ސިވިލް ސާވިސް ކޮމިޝަނުން ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން މިއަދު ހުޅުވާލައިފި އެވެ.
ރައީސް އޮފީހުން ބުނީ ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދިވަޑައިގަންނަވާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 18 ވަނަ ދުވަހާއި 19 ވަނަ ދުވަހުގެ ހެނދުނު 09:30 އިން މެންދުރު 12:30 އަށް ރައީސް އޮފީހުންނެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓް www.presidency.gov.mv އިން ފޯމު ޑައުންލޯޑް ކުރެއްވޭނެ އެވެ.
ސިވިލް ސާވިސް ކޮމިޝަންގެ މެންބަރުކަމުގެ މަގާމަށް ހުޅުވާލާފައިވަނީ އެ މަގާމުގައި ހުންނެވި ފާތިމަތު އާމިރާގެ މަގާމުގެ މުއްދަތު ހަމަވާތީ އެވެ.
ސިވިލް ސާވިސް ކޮމިޝަނުގައި ތިއްބަވަނީ ރައީސްއާއި ނައިބު ރައީސްގެ އިތުރުން ތިން މެންބަރުންނެވެ. މިހާރު ތިއްބަވަނީ ރައީސް މުހައްމަދު ނާސިހް އާއި، ކޮމިޝަންގެ ނައިބު ރައީސް އިބްރާހިމް ރަޝީދުއާއި، ކޮމިޝަންގެ ދެ މެންބަރުން ކަމަށްވާ މުހައްމަދު ފަރުސަތުއާއި، ފާތުމަތު ޝަރީފް އެވެ.
ވޯލްޑް ކަޕާ 2026: ކޮންމެ މެޗެއްގެ ކުރިން ބޯޅަ "ޗާޖު" ކުރަން ޖެހޭ!
ދަންވަރު ބަދިގެއަށް ވަނުމުގެ ކުރިން މިކަމަށް ވިސްނާލާ!
ނަޝީދުގެ ރިޔާސަތުގައި މާދަމާ ރޭ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް