އދ. ދިގުރަށު ކުނިގޮނޑަށް އެއްލާލާފައި އޮއްވައި މިއަދު ފެނުނު ކުއްޖާގެ މަންމަ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުއްޓާ ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ މި މައްސަލައާ ގުޅިގެން ހައްޔަރުކުރީ ބިދޭސީ އަންހެނެއް ކަމަށާއި އޭނާ ހައްޔަރުކުރީ ފުރަން ގޮސް ހުއްޓާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ ސްރީލަންކާގެ އަންހެނެކެވެ. އެއީ ދިގުރަށު ގެސްޓް ހައުސްއެއްގައި މަސައްކަތް ކުރާ މީހެކެވެ.
ފުލުހުންނަށް މިކަމުގެ މަޢުލޫމާތު ލިބިފައި ވަނީ މިއަދު ހެނދު 09:20 އެހާކަންހާއިރު އެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ޓީމެއް އެ ރަށުގައި މިހާރު ދަނީ ހަރަކާތްތެރި ވަމުންނެވެ. އަދި ކުއްޖާ މަރުވެފައިވާ ކަމަށް ކުއްޖާ ބެލި ޑޮކްޓަރު މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ހާމަކުރެ އެވެ.
ތުއްތު ކުއްޖާގެ ހަށިގަނޑު މިވަގުތު ވެސް އޮތީ ދިގުރަށު ސިއްހީ މަރުކަޒުގަ އެވެ.
ބީއެމްއެލްގެ ފޮރެކްސް އިންވެސްޓްމަންޓް ފައިދާ ޑޮލަރުން ދެނީ
އަމީތާބު ދެކިލަން އެއްވި މީހުން ފުލުހުންނަށް ވެސް ކޮންޓްރޯލް ނުވި
އީރާނަށް އަޅާފައިވާ ބައެއް ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައިފި
ވިހާފައި އެއްލާލާފައި އޮތް ކުއްޖަކު ކުނިގޮނޑަކުން ފެނިއްޖެ