ކުރީގެ ރައީސް ޔާމީން އަލަށް އުފައްދަވާ ސިޔާސީ ޕާޓީގެ ނަމާއި ލޯގޯ މިރޭ އިއުލާން ކުރައްވައިފި އެވެ.
ރައީސް ޔާމީން އަލަށް އުފައްދަވާ ސިޔާސީ ޕާޓީ އަށް ކިޔަނީ ޕީޕަލްސް ނޭޝަނަލް ފްރޮންޓް އެވެ. ރައީސް ޔާމީންގެ އާ ސިޔާސީ ޕާޓީގެ ކުލައެއްގެ ގޮތުގައި ބޭނުން ކުރައްވާފައި ވަނީ ގަދަ ދަނބު ކުލަ އެވެ. އަދި ލޯގޯ އެއްގެ ގޮތުގައި ބޭނުން ކުރައްވަނީ ދިވެހި ރުކެއްގެ ފަންތައް ރަމްޒު ކޮށްދޭ ލޯގޯ އެކެވެ.
ޕީޕީއެމް އިން ވަކިވެވަޑައިގެން ރައީސް ޔާމީން ވަނީ އާ ސިޔާސީ ޕާޓީއެއް އުފައްދަވާނެ ކަން އިއުލާން ކުރައްވާފަ އެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިތާ ހަފްތާއެއް ނުވެ ރައީސް ޔާމީން ކުއްލިއަކަށް ޕީޕީއެމް އިން ވަކިވެވަޑައިގެންނެވުމަކީ ގިނަ ބަޔަކަށް ލިބުނު ހައިރާން ކަމެކެވެ. އެހެން ނަމަވެސް ރައީސް މުއިއްޒު އިންތިހާބުވެވަޑައިގެންނެވި ފަހުން ރައީސް ޔާމީން އާއި ޕީޕީއެމް/ޕީއެންސީ ލީޑާޝިޕްއާ އޮތް ގުޅުން ކެނޑިފައިވާ ކަމަށް ވަނީ އަޑު ފެތުރިފަ އެވެ.
ރައީސް ކަމަށް އިންތިހާބުވެވަޑައިގަތް ފަހުން ޔާމީންގެ ފޯންކޯލްތަކަށް ޑރ. މުއިއްޒު ޖަވާބު ވެސް ނުދެއްވަ އެވެ.
ޔާމީން ޕިޕީއެމް އިން ވަކިވެވަޑައިގަންނަވަން ޖެހުނީ އެމަނިކުފާނުގެ މަޝްވަރާ އާއި ލަފާ އެ ޕާޓީގެ ލީޑާޝިޕްގެ ބޭފުޅުން ބޭނުންނުކުރާތީ އެވެ.
ރައީސް ޔާމީން ޒިންދާބާދު ޕީޕަލްސް ފްރަންޓް ޒިންދާބާދު 2028 ޒިންދާބާދު ރައީސް ޔާމީން ޒިންދާބާދު ޕީޕަލްސް ފްރަންޓް ޒިންދާބާދު 2028 ޒިންދާބާދު ރައީސް ޔާމީން ޒިންދާބާދު ޕީޕަލްސް ފްރަންޓް ޒިންދާބާދު 2028 ޒިންދާބާދު ރައީސް ޔާމީން ޒިންދާބާދު ޕީޕަލްސް ފްރަންޓް ޒިންދާބާދު 2028 ޒިންދާބާދު ރައީސް ޔާމީން ޒިންދާބާދު ޕީޕަލްސް ފްރަންޓް ޒިންދާބާދު 2028 ޒިންދާބާދު ރައީސް ޔާމީން ޒިންދާބާދު ޕީޕަލްސް ފްރަންޓް ޒިންދާބާދު 2028 ޒިންދާބާދު
އަދުރޭ އާއި މުއިއްޒު އަމިއްލަ އަށް މާމޮޅު ބައެއް ކަމަށް ހެދިގެން ރަށުތެރޭ އުޅޭ ހައެއްކަ ޕީއެޗްޑީ ގޮލާ ތައް ގެނެސްގެން ރައީސް ޔާމީނާއި މަޝްވަރާ ކުރުމެއް ނެތި އަދި ރައީސް ޔާމީން މުއިއްޒު އަށް ފޯނުން ގުޅުމުން ފޯން ނުނަގާ ރައީސް ޔާމީނަށް ބޯން ދީފައި ތަމެން ވަޒީރުންނަށް ލި މީހުން ވެސް އަތަށޭ ވުޒާރާ ތައް ގޮވަނީ ވަޒީރުންތައް ވާހަކަ ދައްކަނީ ދިވެހިބަހާއި ފަރަންޖީ ބަސް އެއްކޮށްގެން އަންހެން ކުދިން ވާހަކަ ދައްކާ ގޮތަށް ކައްޕަޅި ދިވެހި ބަހުންނޭ ތިޔާ މުއިއްޒު ދިވެހި ބަހުން އެކަލޭގެ ވާހަކަ ދައްކާ އިރު ވެސް