ދެ ގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި އެކުގައި މަސައްކަތްކޮށް ހައްލު ހޯދުމަށް ތައްޔާރަށް ހުންނެވި ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
މި ސަރުކާރު ވެރިކަމަށް އައީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލާނެ ކަމަށް ބުނެ ވައުދުވެގެންނެވެ. އަދި އެކަން ކުރައްވަން ފުރަތަމަ ހަފުތާގައި ފައްޓަވާނެ ކަމަށް ވެސް ރައީސް މުހައްމަދު މުއިއްޒު އެކި މީޑިއާތަކަށް ދެއްވި އިންޓަވިއުތަކުގައި ތަކުރާރުކޮށް ވިދާޅުވެފައިވެ އެވެ.
އިންޑިޔާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ޖައި ޝަންކަރު އެކްސްގައި ކުރެއްވި ޕޯސްޓަށް ދެއްވި ޖަވާބުގައި މިނިސްޓަރު ޒަމީރު ވިދާޅުވެފައި ވަނީ ދެ ގައުމުގެ މަސްލަހަތު ހުރި ކަންކަމުގައި ގުޅިގެން މަސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށެވެ.
އިންޑިއާ އާ އެކުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ކުރިއަރުވާނީ ވިސްނަން ޖެހޭ ކަންކަމާ ވިސްނައި ގެންނަން ޖެހޭ ބަދަލުތައް ގެނައުމާއެކު ދެގައުމުގެ ރައްޔިތުންގެ ލާބައަށް ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސްކަމުގެ ހުވާ ކުރައްވައި އިއްޔެ އާ ސަރުކާރެއް އެކުލަވައިލި އިރު، އިންޑިއާއާމެދު އާ ސަރުކާރުން ކަންބޮޑުވާ ބޮޑު މައްސަލައެއް އެބަ އޮތެވެ. އެއީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭ މައްސަލަ އެވެ.
ރައީސް މުއިއްޒު އަބަދުވެސް ވިދާޅުވަމުން ގެންދެވީ ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އަނބުރާ ފޮނުވާލާނީ ޑިޕްލޮމަަސީގެ ރީތި އުސޫލުގެ ތެރެއިން ސުލްހަވެރިކަމާ އެކު ކަމަށެވެ.
މި ސަރުކާރުގެ ފޮރިން ޕޮލިސީއަކަށް ވާނީ "ޕްރޯ މޯލްޑިވްސް" ސިޔާސަތެއް ކަމަށް ކެމްޕޭނުގެ ތެރޭގައި ވެސް ރައީސް ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ.
އެކުގައި މަސައްކަތް ކޮށްގެން ކަންބޮޑުވުން ތަކަށް ހައްލު ނުހޯދޭނެއޭ ފުރަތަމަ ކަމަކީ އިންޑިއާ އަށް ދައްކަން ޖެހޭ ލޯން ދެއްކުން ފަސްކުރުން އެއީ ކުރަން ޖެހޭނެ ކަމެއް ނޫނޭ އެއްވެސް ގައުމަކަަށް އަދި އެއްވެސް ބޭންކަކަށް ދައްކަން ޖެހޭ ލޯން ފަސް ކުރާނެ ކަމެއް ނެތޭ ބަރާބަރަށް ލޯން ދައްކާ ނުވަތަ ލޯން އެއްފަހަރާ ދައްކާ ނިންމާލަންވީއޭ އެކަން ކުރަން މާލެ ސަރަހައްދުގައި ހުރި ފަޅުތައް ހިއްކާ ހިއްކާ ފަޅުން ކޮންމެ ހެކްޓަރެއްގެ ބިން 10 މިލިއަން ޑޮލަރަށް ވިއްކާލާށޭ އެއިރުން އާމްދަނީ ލިބޭނެއޭ އާދޭސް ނުކުރާށޭ